އދ. ފެންފުށީ
އދ. ފެންފުށީ
އދ. ފެންފުށީގައި ގެއްލިގެން ހޯދަމުންދިޔަ ހަތަރު އަހަރުގެ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، އެރަށުގައި ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން އުޅޭކަމަށް މިއަދު 15:20 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެކުއްޖާގެ ހަށިގަނޑު މޫދުން ނަގައިގެން އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ. އެކުއްޖާ މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ގެއްލިގެން ހޯދަމުންދާތާ ގަޑިއެއް ހާއިރު ފަހުންނެވެ. އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން