ޝަރީފް މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރަން ހަދައިގެން ރާއްޖެ މިއޮތީ ދަރައި ވިކިފައިކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަފުޅަށް އިޝާރާތް ކުރަށްވައެވެ.
"ރާއްޖޭގެ އެއަރޕޯޓް ތަކަށް މިއަންނަނީ އެއް މިލިއަން ނޫނީ ދެ މިލިއަނެއްހާ މީހުން. އެއީ މާލޭގެ އެއަރޕޯޓަށް. އެވަރުންވެސް އެތަން ދެކޮޅު ނުޖެހިގެން، އެތަން ތަރައްގީ ކޮށްގެން މުޅި ދިވެހިރާއްޖެ އަށް މިއުޅެނީ އެކަން ނުވެގެން. ދިޔަބޮނޑީގައި ގޮސް އެތަނާއި ހުރެ އިންތިހާއަށް ދަރަނިވެގެން ގޮސް، މި ހުޅުލޭ އެއަރޕޯޓުގެ މައްސަލައާ ހުރެ އަޅުގަނޑުމެން އެއޮތީ މިހާރު ދަރާފައި އޮތް މިންވަރާއި އެ އަނބުރާ ދެއްކޭނީ ކޮންގޮތަކާއިމެދުވެސް އަޅުގަނޑުމެން މިދަނީ ކަންބޮޑުވުން ހާމަކުރަމުން." މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅަށް އިޝާރާތްކުރައްވައި ޝަރީފް ވިދާޅުވީ ރައީސްކަމަށް ވަޑައިގަންނަވަން ކެމްޕެއިން ކުރަށްވާ ބޭފުޅުން ހަމައެކަނި ވިސްނުންފުޅަކީ، ރައްޔިތުންގެ ނަމުގައި ވައުދުވުންކަމަށް ވެއްޖެއްޔާ، ރާއްޖޭގެ ރައްޔިތުން ދާނީ ދަރަމުންކަމަށެވެ.
Raees kamah vadaiganavan campaign kurahvaa beyfulhunge hama ekani visnunfulhakee, Rahyithun ge namugai vaudhuvun kamah vehjehyya, Raajjeyge Rahyithun dhaanee dharamun. Mihaaru campaign thakugai vaudhuvanee eh’party aneh party ge bodu hifumehge therein. https://t.co/tMGSjcZMRK
— Ahmed Shareef (@shar_f) November 29, 2020
ޝަރީފް ވިދާޅުވީ އެއަރޕޯޓެއް ތަރައްގީކުރަން ފެށުމުގެ ކުރިން އެއަރޕޯޓާއި ގުޅިފައިވާ ވަސީލަތް ތަރައްޤީ ކުރުމަށް ހުޅުވާލަންޖެހޭކަމަށެވެ. އެގޮތުން ކޫއްޑޫ އެއަރޕޯޓަކީ އޭގެ ނަމޫނާއެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
Airporteh tharahggee kuran feshumuge kurin Airport aai gulhifaivaa vaseelah tharahggee kurumah hulhuvaalan jehey. Koodoo Airport akee eyge namoonaa eh. Airport himeney kohme atholhehge binthah tourism ashaai eki eki iqthisaadhee kankamah hulhuvaalan jehey. https://t.co/tMGSjcZMRK
— Ahmed Shareef (@shar_f) November 29, 2020
ޝަރީފް ވިދާޅުވީ ރާއްޖޭގެ ކޮންމެ އެއަރޕޯޓަކީ ހަމައެކަނި ފަސިންޖަރުން އައިސްގެން ހިންގާ ތަންތަނަށް ވެއްޖެއްޔާ، އެތަނުން ލިބޭ އެއްޗަކުން އެއަރޕޯޓް އޮޕަރޭޝަނަލް ހަރަދާއި ކެޕިޓަލް ހަރަދު ނުލިބޭނެކަމަށެވެ. އަދި އެއަރޕޯޓަކީ ވަށައިގެން ތަރައްގީކުރާ ކުދިކުދި ވިޔަފާރިއަށް ބިނާކުރެވޭ ތަނަކަށް ވާންޖެހޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
Raajjeyge kohme airport akee hama ekani passengers aisgen hingaa thanthanah vehjehyya, ethanun libey ehchakun airport operational kharadhaai capital kharadhu nulibeyne. Airport akee vashaigen tharahggee kuraa kudhi kudhi viyafaari ah binaakurevey thaneh. https://t.co/tMGSjcZMRK
— Ahmed Shareef (@shar_f) November 29, 2020
ޝަރީފް ވިދާޅުވީ ރާއްޖޭގައި ހަދާ އެއަރޕޯޓް ތަރައްގީ ކުރަނީ ހަމައެކަނި އަރާ ފައިބާ ފާލަމެއްގެ ގޮތުގައި ކަމަށާއި، އަދި އެތަންތަން އޮންނަނީ ދެން އަންނަ ރައީސަކު ވަޑައިގެން އިތުރަށް ވައުދުވެ، ދެވަނަ ފަހަރަށް ތަރައްގީކުރެވޭނެ ގޮތަށްކަމަށެވެ. އޭގެ ބަދަލުގައި އެއަރޕޯޓްތައް ތަރައްގީކުރަންވީ އެއަރޕޯޓް ހިމެނޭ މުޅި ސަރަހައްދުގެ ޕްލޭން ހަދައިގެންކަމަށް ޝަރީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު