މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ
އައްޑޫ ސިޓީގެ ގަމުގައި ހިންގާ ފްލައިން ސްކޫލުގެ ދަރިވަރުންނަށް ބޭއިންސާފުން އަމަލު ކުރަމުންދާ ކަމަށް ވިދާޅުވެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ މިއަދު ދެއްވައިފިއެވެ.

އައްޑޫ ފްލައިންގ ސްކޫލުގައި ދިމާވެފައިވާ ގިނަ މައްސަލަތައް ހައްލު ނުވެ ދިގުލައިގެން ގޮސް، އެންމެ ފަހުން އެތަނުގައި ކިޔަވަމުންދާ ދަރިވަރުން ވަކިކުރާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.

އަދި އެ އެތަނުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލައިގެން ދާއިރު ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިންނާއި އެ އެކަޑަމީގެ ސޫޓެންޑްޓް ޔޫނިއަން އިން އެ މައްސަލަ ފެންމަތިކޮށްފައިވެއެވެ. އަދި އެކަމާއި ގުޅޭ ޕެޓިޝަނެއް ކަމާއި ބެހޭ މުވައްސަސާތަކަށް ވަނީ ހުށައަޅާފައެވެ. މި މައްސަލަތަކަށް އިޝާރަތް ކުރައްވަމުން ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‏އައްޑޫގައި ގާއިމް ކޮށްފައިވާ ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.

"‏ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި ކިޔަވާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލު ވެފައިވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ވާާހަކަ ދަންނަވަން." މިނިސްޓަރު ވިދާޅުވިއެވެ.

އައްޑޫ ފްލައިިންގ ސްކޫލްގައި ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން އެތަނާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދީ މީގެ ކުރިން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން