މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)
ކުށްކުރާ މީހުން ހުއްޓުވުމުގެ ބަދަލުގައި ފުލުހުން އުޅެނީ ކަމާނުބެހޭ މީހުން ފަހަތުންކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިމްތިޔާޒް ފަހުމީ މިހެން ވިދާޅުވެފައިމިވަނީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ، އޭގެ ފަހަތުގައި އިން 24 އަހަރުގެ އަންހެން ކުއްޖަކު ރޭ ނިޔާވި ހާދިސާއަކާއި ގުޅިގެނެވެ.

އިމްތިޔާޒް ފަހުމީ ވިދާޅުވީ ބާރަށް ދުއްވާ މީހުން ހުއްޓުވުމުގެ ބަދަލުގައި ފުލުހުން އުޅެނީ އެހެންކަންކަމާއިގެނެވެ. އެގޮތުން ހަވީރު ފިންޏަށް ދެމަފިރިއަކު އާދައިގެ މަތިން ދުއްވާލާފައިދާ ދިއުމުގައި ހުއްޓުވައި، ޗެކްކުރާލެއް ގިނަކަން ފާހަގަކުރެވޭކަމަށް އިންތި ވިދާޅުވިއެވެ.

"‏ލައިސަންސް އޮތަސް ނެތަސް ޤަވާއިދާ ޚިލާފަށް ބާރަށް ދުއްވާ މީހުން ހުއްޓުވުމުގެ ބަދަލުގައި، ހަވީރު ފިންޏަށް ދެމަފިރިއަކު އާދައިގެ ގޮތަށް ދުއްވާފައިދާދިއުމުގައި ހުއްޓުވައި، ޗެކްކުރާލެއް ގިނަކަން ފާހަގަކުރެވޭ." ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރު އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވައިގެން، އެންމެން ރައްކާތެރިކުރަންޖެހޭ ކަމަށެވެ.

އިންތިގެ ޓްވީޓަށް އިޝާރާތްކޮށް ބައެއް އާއްމު ރައްޔިތުންވެސް ވަނީ ޝުއޫރުތައް ފާޅުކޮށްފައެވެ. އެގޮތުން ޓްވީޓްކުރި މީހަކު ބުނީ، ފުލުހުންގެ މައި އިދާރާކުރިމަތިން، ނޫނީ ޓްރެފިކް ޕޮލިހުންގެ ކުރިމަތީގައި ނުރައްކާތެރިކޮށް، ބާރަށް ވެހިކަލްތައް ދުއްވާ ގައުމެއް ރާއްޖެ ނޫނީ ނޯންނަކަމަށެވެ.

ޓްވީޓްކުރި އެހެން މީހަކު ބުނީ، ފުލުހުންގެ ތެރޭގައި ސީދާ ސަރުކާރު ފެއިލް ކޮށްލަން ބޭނުންވާ މީހުން ވަރަށް ގިނަކަމަށެވެ. އަދި އެމީހުން ބޭނުންވަނީ ސަރުކާރާއި މެދު ރައްޔިތުންގެ ނުރުހުން އިތުރުކުރުންކަމަށް ޓްވީޓްކުރި މީހަކު ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން