އެންވާރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން
އެންވާރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން
އަވަސް މުސްތަގުބަލެއްގައި ރާއްޖެ ކާބަން ނިއުޓްރަލް ނުކުރެވިއްޖެނަމަ މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މެމްބަރުން މިއަދު ދީފިއެވެ.

އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެކޮމެޓީގެ މުގައްރިރު އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު (ސައްލެ) ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވާ ނުރައްކާ ކުޑަކުރުމަށް، ޖައްވަށް ބޭރުކުރާ ގްރީން ހައުސް ގޭސް މަދުކުރުމަށް، ޤައުމުތަކުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް މައްޗަށް ޖެއްސުމަށް ރާއްޖެއިން ބާރުއަޅަން ޖެހޭ ކަމަށެވެ.

މިއީ އެހެން ގައުމުތަކާއެކު ޖަހާ ރޭހެއް ކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ 2050 ވަނަ އަހަރަށް ރާއްޖެ ކާބަން ނިއުޓްރަލް ކުރެވޭނެ ކަމަށް އިއުލާނުކުރާ ދުވަހަކީ އެންވާރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޭނާ އިސްވެ މަޖިލީހަށް ހުށައަޅާނެ ދުވަސް ކަމަށެވެ.

"އެންވާރަމެންޓް މިނިސްޓަރުގެ އިތުބާރު ނެއްކަމަށް އަޅުގަނޑު އިސްވެ ހުރެ ހުށައަޅާނަން. ވަރަށް ސާފުކޮށް މިބުނަނީ، ދެން އަޅުގަނޑު އުންމީދު ކުރަން އެހެން އިއްޒަތްތެރި މެންބަރުން އަޅުގަނޑާ މިކަމުގައި ބައިވެރިވާނެ ކަމަށް. އެއީ އަޅުގަނޑަށް ދެން އެހިސާބުން ޓްރަސްޓެއް ނުކުރެވޭނެ އިގޭތޯ." ސަލީމް ވިދާޅުވިއެވެ.

މި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ނަގައިގެން އެކަމަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާތައް ކުރިއަށް ގެންދާއިރު އެންވަރަންމެންޓް މިނިސްޓްރީއިން އެކަމަށް ދައްކަނީ ބަހަނާ ކަމަށް ވިދާޅުވެ ކޮމެޓީގައި މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލް ދިރާސާކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެމްބަރުން ވަނީ މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަައެޅުމަށް ތާއިދުކުރައްވާފައެވެ.

ފަސްއަހަރު ތެރޭގައި ދިވެހި ރާއްޖެ އަލުން ކާބަން ނިއުޓްރަލް ގައުމަކަށްވުމަށް ބިލުގައި ހިމެނުމަށް ސަލީމް މީގެ ކުރިން ވަނީ ގޮވާލައްވާފައެވެ. ރާއްޖެއިން ޖައްވަށް ގްރީންހައުސް ގޭސް އެންމެ ގިނައިން ބޭރުކުރާ ދާއިރާތަކަށް ބަލާލާއިރު އޭގެ 67 އިންސައްތަ ހިއްސާކުރަނީ ކަރަންޓު އުފެއްދުމަށް ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި އޭގެ 47 އިންސައްތަ އަކީ ރިސޯޓު ދާއިރާއިން އުފައްދާ ކަރަންޓުގެ ސަބަބުން ބޭރުވާ ގޭސް ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ކިނބޫ

02-Dec-2020

ބަރާބަރު! އަވަސްކުރޭ! ދިވެހި ގައުމު ނީލަން ކިއުމަށް ލާދީނީ ބައިގަނޑަށް ވާގިވެރިވި އެންމެނަށް ރާކަނިމަސް ކެވޭތަން ފެނުމަކީ އުފަލެއް.



ޓްރެންޑިން