މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ރާ ވިއްކޭނެ ގޮތެއް ހޯދަން އެބަޖެހޭކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްޙަކީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަހީމް މިހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާންވެސް ވަނީ މިދިޔަ ބުރާސްފަތިދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ރަށްރަށުގައި ރާ ވިއްކޭނެ ގޮތެއް ހޯދަންޖެހޭކަމަށް ވިދާޅުވެފައެވެ. އެއާއެކު ޝިޔާން ހޫނު ފެނަށް ވެއްޓި، އެންމެފަހުން ވަނީ މައާފަށް އެދިވަޑައިގެންފައެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ދުނިޔެއަށް އަންނަ ތަރައްޤީއާއެކު ދިވެހިންވެސް ބަދަލުވާން ޖެހިއްޖެކަމަށެވެ.
"އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ދުނިޔެއަށް އަންނަ ތަރައްޤީއާއެކު އަޅުގަނޑުމެން ތިބި ގޮތުގައި ސިއްކަ ޖަހައިގެން ނުތިބެ، ކުރިއަށްދާން މަސައްކަތްކުރަންޖެހޭ. ވިސްނުން ބަދަލުކުރަންޖެހޭ. އަގީދާ އެހާ ބަލިކަށިވެގެން ނުވާނެ." ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ރާއްޖެއަށް އާމްދަނީ ވަންނަ މައިގަނޑު ތަނބަކީ ފަތުރުވެރިންކަމަށާއި އެކަމުން ލިބޭ އާމްދަނީ އިތުރުކޮށްގެން ނޫނީ ރާއްޖެ ތަރައްޤީވާކަށް ނެތްކަމަށެވެ. އަދި ރަށްރަށުގައި ރާ ވިއްކޭނެ ގޮތެއް ހޯދަންޖެހޭކަމަށް ޝަހީމް ވިދާޅުވިއެވެ.
"މިއަދު ސުވާލު މި އުފެދެނީ ރަށްރަށުގައި ރާ ވިއްކަން ހުއްދަ ދިނީމަ ދެންވާނީ ކިހިނެއްތޯ؟ މިވާހަކަ އެބަ ދައްކަންޖެހޭ. މިކަން ކުރެވެން އޮތް ގޮތެއް ހޯދަން އެބަޖެހޭ." ޝަހީމް ވިދާޅުވިއެވެ.
މިވާހަކަތައް މަޖިލީހުގައި ދެއްކެވުމަށްފަހު ޝަހީމް ވަނީ އޭނާ ދެއްކެވި ވާހަކަ އޮޅުވާނުލަށް އިލްތިމާސްކުރަށްވާފައެވެ. އަދި އޭނާ އެ ވާހަކަދެއްކީ މުސްލިމެއްގެ ގޮތުގައި ހުރެކަމަށާއި، އެއީ ރާއްޖެއަށް ތަރައްޤީ ގެންނަން ބޭނުންވާތީ ދައްކާ ވާހަކަކަމަށް ޝަހީމް ވިދާޅުވިއެވެ.
"ކޮންމެ ކަމެއްވެސް ކުރެވޭނެ ގޮތެއް އޮންނަންވާނެ. އެގޮތެއް ހޯދަން މިއުޅެނީ. ފައިސާ އިތުރުކުރެވޭނެ ގޮތްތައް ނުހޯދައި މިރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ." ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު