އުރީދޫން ކަސްޓަމަރެއްގެ އަތުން ޑަބަލްކޮށް ޕޭމަންޓް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މަބްރޫކް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުނީ، އޭނާގެ އަންހެނުންގެ ފޯން ބިލްދެއްކި ނަމަވެސް އުރީދޫން ނަމްބަރުގެ ހިދުމަތް މެދުކަނޑާލި ކަމަށެވެ. އެހެންކަމުން އުރީދޫގެ މައި އޮފީހަށް ގޮސް ފައިސާގެ ރަސީދުތައް ދައްކައި މައްސަލަޖެއްސި ކަމަށެވެ.
އޭނާ ބުނީ ފައިސާގެ ރަސީދުތައް ދެއްކި ނަމަވެސް، ފައިސާ ލިބުނުކަމަށް އިންކާރުކޮށް، އުރީދޫން ވަނީ ދެވަނަ ފަހަރަށް ބިލްދެއްކުމަށް މަޖުބޫރުކޮށްފައި ކަމަށެވެ.
"އަޅުގަނޑު ބޭންކަށް ގޮސްގެން ވެސް ބެލިން ފުރަތަމަ ޕޭމަންޓް ވެލިޑްތޯ، ބޭންކުން ބުނީ ފައިސާ ރަނގަޅު ކަމަށް." ރަސީދުތަކާއެކު މަބްރޫކް ކުރި ޓްވީޓްގައި އިނގިރޭސިބަހުން ބުނެފައި ވެއެވެ.
މަބްރޫކް ބުނީ، ތަކުރާރުކޮށް މަސައްކަތްކޮށްގެން ވެސް އުރީދޫ އަދި ބޭންކް އޮފް މޯލްޑިވްސްއިން ވެސް އޭނާގެ ފައިސާ ދިޔަ ތަނެއް ބުނެ ނުދޭ ކަމަށެވެ. އަދި އެ މައްސަލަ ނިމޭނީ ފުލުހަށް ގޮސްގެންތޯ އާއި މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މަބްރޫކްގެ ޓްވީޓަށް ރިޕްލައި ކުރި ގިނަ ބަޔަކު ވެސް ވަނީ އެމީހުނަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ހިއްސާކޮށްފައެވެ.
ރާއްޖޭގައި މުއާސަލާތީ ޚިދުމަތްދޭ ދިރާގާ އުރީދޫން ކަސްޓަމަރުންނާމެދު އެހާ އިހާނެތިކޮށް އަމަލު ކުރަނީ ރާއްޖޭގެ މީޑިއާ ތަކަށް ކުޑަ ފައިސާކޮޅެއް ދީފައި މީޑިއާ ތަކުގެ އަނގަތައް ބަންދުކޮށްގެން ތިބެގެންކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް އެ ދެކުންފުނިން ގެންދަނީ ފެލުނު ގޮތަކަށް ރައްޔިތުން ފެލަމުންކަން ވެސް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

@OoredooMaldives it happen to me too. https://t.co/DKv8oXsDFe
— Hussain Shiham 🇲🇻 (@hussainshiham) November 30, 2020
"އަޅުގަނޑު ބޭންކަށް ގޮސްގެން ވެސް ބެލިން ފުރަތަމަ ޕޭމަންޓް ވެލިޑްތޯ، ބޭންކުން ބުނީ ފައިސާ ރަނގަޅު ކަމަށް." ރަސީދުތަކާއެކު މަބްރޫކް ކުރި ޓްވީޓްގައި އިނގިރޭސިބަހުން ބުނެފައި ވެއެވެ.
މަބްރޫކް ބުނީ، ތަކުރާރުކޮށް މަސައްކަތްކޮށްގެން ވެސް އުރީދޫ އަދި ބޭންކް އޮފް މޯލްޑިވްސްއިން ވެސް އޭނާގެ ފައިސާ ދިޔަ ތަނެއް ބުނެ ނުދޭ ކަމަށެވެ. އަދި އެ މައްސަލަ ނިމޭނީ ފުލުހަށް ގޮސްގެންތޯ އާއި މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މަބްރޫކްގެ ޓްވީޓަށް ރިޕްލައި ކުރި ގިނަ ބަޔަކު ވެސް ވަނީ އެމީހުނަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ހިއްސާކޮށްފައެވެ.
ރާއްޖޭގައި މުއާސަލާތީ ޚިދުމަތްދޭ ދިރާގާ އުރީދޫން ކަސްޓަމަރުންނާމެދު އެހާ އިހާނެތިކޮށް އަމަލު ކުރަނީ ރާއްޖޭގެ މީޑިއާ ތަކަށް ކުޑަ ފައިސާކޮޅެއް ދީފައި މީޑިއާ ތަކުގެ އަނގަތައް ބަންދުކޮށްގެން ތިބެގެންކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް އެ ދެކުންފުނިން ގެންދަނީ ފެލުނު ގޮތަކަށް ރައްޔިތުން ފެލަމުންކަން ވެސް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު