ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކިޔަސް ބަޖެޓަށް ބޮޑު ލުޔެއް ލިބޭނެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ބަޖެޓް ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން ދައުލަތުގެ މުދާ ވިއްކާ މޭރުމަކުން ޖާބިރު ވާހަކަ ދެއްކެވުމުންނެވެ.
ޖާބިރު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ ބަޖެޓަށް ފައިސާ ލިބޭނެ ކިތަންމެ ގޮތްތަކެއް އެބަހުރި ކަމަށެވެ. އަދި ދައުލަތުގެ ހަރުމުދާ ނުއަގުގައި ވިއްކުމުގެ ބަދަލުގައި، މެމްބަރު ޖާބިރު ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުންވެސް ދައުލަތުގެ ބަޖެޓަށް ލުޔެއް ލިބޭނެކަމަށް ޝަރީފު ވިދާޅުވިއެވެ.
"ކާށިދޫ ދާއިރާގެ މެމްބަރު ވާހަކަފުޅުދައްކަވަމުން ވިދާޅުވެއްޖެ، މިވެނި އެވެނި ގޮތެއް ހަދަން.. ( އޭގެ ބަދަލުގައި) އިއްޒަތްތެރި މެމްބަރު ޖާބިރު ދައުލަތަށް ދައްކަން އޮތް ކުލި، އަދި ކުލި ނުދެއްކުމުން އަރާފައި އޮތް ޖޫރިމަނާ ދެއްކުމުންވެސް. ބަޖެޓް ޑެފިސިޓްގެ 10 އިންސައްތަ ފޫބެއްދޭނެ. ދިވެހިދައުލަތުގެ ހަރުމުދާ ނުއަގުގައި ވިއްކުމަށް މަޖިލީހުން ހުއްދަ ދީގެން ނުވާނެ. ހިލޭ ސާބަހަށް ފަޅުރަށްތަކާއި ބިންތައް ދީގެން ނުވާނެ" ޝަރީފް ވިދާޅުވިއެވެ.
ޝަރީފްގެ ވާހަކައިގައިގައި ވަގުތީ ތަދުމަޑުކަމެއް އަޔަސް، ހަރުމުދާ ނުއަގުގައި ނުވިއްކައިވެސް ބަޖެޓުގައި ހުރި ކަންކަން ތަންފީޒުކުރެވޭނޭ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަދި އަންނަ އަހަރު ރާއްޖޭގެ ޓުއަރިޒަމް މިހާރު ލަފާކުރާވަރަށްވުރެވެސް ކުރިއަށްދާނެކަަމަށް ޝަރީފް ލަފާކުރެއްވިއެވެ.
"ހަރުމުދާ ވިއްކީމަ ކަތިވަޅި ގެއްލި މަރިޔަނބު ވެސް ގެއްލޭނެ." ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު