އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ގެނައި ބަދަލުތަކާއެކު ދައުލަތުގެ ބަޖެޓު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބަޖެޓު ދިރާސާ ކޮމިޓީން ނިންމި ގޮތަށް، އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު މިއަދު ފާސްކޮށްފައިވަނީ، މިއަދު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ. ބަޖެޓު ފާސްކުރަން ވޯޓް ދެއްވާފައިނުވަނީ އެންމެ މެންބަރެއް ކަން ފާހަގަކޮށްލެވެއެވެ.
ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅީ 34.79 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.79 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން، މިއީ 15.50 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ.
ބަޖެޓް ކޮމެޓީން ގެނައި އިސްލާހުތަކާއެކު ބަޖެޓުގެ ޖުމްލަ ވަނީ 34.92 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ. އަދި އާމްދަނީ 21 ބިލިއަނަށް އިތުރުކޮށް، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 12.3 ބިލިއަން ރުފިޔާއަށް ވަނީ ދަށްކޮށްފައެވެ. ބަޖެޓު ދިރާސާކުރާ ކޮމެޓީން ވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާއަށް އުނިއިތުރު ގެނެސް، ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓަށް ވެސް އުނި އިތުރު ގެނެސް، ގިނަ ބަދަލުތަކެއް ގެނަސްފައެވެ. އެގޮތުން މިނިވަން މުވައްސަސާތަކާއި ސަރުކާރުގެ އިދާރާތަކުގެ ބަޖެޓް ވަނީ އިތުރުކޮށްދީފައެވެ.
މީގެ އިތުރުން އާމްދަނީ ހޯދަން އިތުރުކުރާ ކަންކަމާއެކު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 598 މިލިއަން، ގްރީން ޓެކްސްގެ ގޮތުގައި 253 މިލިއަން، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 218 މިލިއަން، އޭޑީސީން 219 މިލިއަން، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 700 މިލިއަން އަދި ހަރުމުދަލުގެ އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ

ކިޔުންތެރިންގެ ހިޔާލު