ޖުވެނައިލް ކޯޓުގެ ގާޒީ ޢަބްދުލް ބާރީ ޔޫސުފް
ޖުވެނައިލް ކޯޓުގެ ގާޒީ ޢަބްދުލް ބާރީ ޔޫސުފް
ޖުވެނައިލް ކޯޓުގެ ގާޒީ ޢަބްދުލް ބާރީ ޔޫސުފް އާއި ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގް މުހައްމަދު ފަނޑިޔާރު ކަމުގެ މަޤާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ގާޒީ ބާރީ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހުގައި ނެގި ވޯޓްގައި މަގާމުން ވަކިކުރުމަށް ފެންނަ ކަމަށް 62 މެމްބަރުން ވަނީ ވޯޓް ދެެއްވާފައެވެ. ދ. އަތޮޅު އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގް ވަކި ކުރުމަށް ވޯޓް ދެއްވީ 61 މެމްބަރުންނެވެ.

ގާޒީ ބާރީ ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައި، ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ޤާޒީ ބާރީގެ ޖިނާޢީ ތަޙްޤީޤު ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކޮމިޝަނަށް އަންގާފައިވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން ގާޒީ ބާރީ މިހާރުވެސް ހުރީ ސަސްޕެންޝަންގައި ކަމަށެވެ. ގާޒީ ބާރީ ޖުވެނައިލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ބަދަލުކުރުމުގެ ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ވެސް ކުރެއްވިއެވެ. އޭނާ އަކީ ސިޔާސީ ގިނަ ބޭފުޅުންގެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ބެެއްލެވި ގާޒީއެކެވެ.

މީގެ އިތުރުން ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގް މުހައްމަދުގެ މައްޗަށް ތުހުމަތުކޮށް ޖޭއެސްސީ އިން މައްސަލަ ބަލާފައިވަނީ ދ. އެނބޫދޫ ގޯއްޗެއްގައި ކޮށްފައިވާ ޢިމާރާތުގެ އަގު ހޯދުމަށް، މީހަކު އޭނާގެ އަނބިމީހާގެ މައްޗަށް ދަޢުވާ ކޮށްފައިވާ މައްސަލައަކާއި އެއްވެސް ސަބަބެއް ނެތި އަނބިމީހާ ވަރިވާން އުޅޭކަމަށް ބުނެ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެއްގައި ގޮތް ނިންމާފައިވަނިކޮށް، އެ ދެ ޤަޟިއްޔާ ހިންގުމަށްޓަކައި މެޖިސްޓްރޭޓް ޢަބްދުއް ރައްޒާޤް މުޙައްމަދު ކޯޓުގެ، ކޯޓު އަމުރު ނެރެ، ދަޢުވާ ރައްދުވާ ފަރާތް ބަންދުގައި ބަހައްޓައިގެން ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށް، އެ ދެ މައްސަލަ ކޯޓުގައި ހިންގާފައިވާ ކަމަށް ބުނާ މައްސަލައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން