އަންނަ އަހަރަށް ލަފާކޮށް މިއަދު ފާސްކުރި ދައުލަތުގެ ބަޖެޓްގައި މާލެ އަށް 89 ޕަސެންޓް ޚަރަދުކޮށް ރާއްޖެ ތެރެއަށް 20 ޕަސެންޓް ޚަރަދުކުރާތީ ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ގެނައި ބަދަލުތަކާއެކު 34.92 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ވިދާޅުވީ، ސަރުކާރުން ޖަޒީރާ ރާއްޖެ ޖަޒީރާ ދިރިއުޅުން ކަމަށް ބުނެ ވޯޓް ހޯދައިގެން ވެރިކަން ހޯދުމަށްފަހު ދައުލަތުގެ ބަޖެޓްގައި މާލެ އަށް 89 ޕަސެންޓް ޚަރަދުކޮށް ރާއްޖެ ތެރެއަށް 20 ޕަސެންޓް ޚަރަދުކުރުމަށް ނިއްމައިފައިވާ ކަމަށެވެ.
އޯގާތެރި ސަރުކާރޭ ވިދާޅުވުމަށްފަހު ރައީސް އޮފީހުގެ ބަޖެޓަށް އާނމްދަނީ ރަނގަޅަށް ލިބޭ އަހަރެކޭ އެއްގޮތަށް 26 މިލިއަން ރުފިޔާ އިތުރުކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ އެހެން ވުޒާރާތަކުގެ ބަޖެޓްގެ އިތުރުކޮށްފައިވާ ކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.
"ހޯމް މިނިސްޓްރީގެ ހާލަތު އެގޮތް، 25 މިލިއަން ރުފިޔާ އެބައޮތް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ހާލަތު އަދި މާ ގޯސް 46 މިލިއަން ރުފިޔާ އިތުރު، މިހެން ގޮސް ވަރަށް ގިނަ މިނިސްޓްރީތައް އެބަހުރި ޚަރަދު އާންމު އަހަރަކަށްވުރެ އިތުރުކޮށްފައި" ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި 60 ރަށުގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް 740 މިލިއަން ރުފިޔާ ހިމެނުމުން އޭރުގެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވެގެން އެ ވާހަކަ މަޖިލީހުގައި ދެއްކި ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ޚަރަދުކުރާ މިންވަރު އޭގެ ދެ ގުނަ އިތުރުކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
"މިހާރު ބަޖެޓްގައި ޖަހާފައި އެ އޮތީ 1.6 ބިލިއަން ރުފިޔާ އަށޭ 60 ރަށުގެ ނަރުދަމާ އަޅަނީ ޑަބަލް ވެގެން އެ ދިޔައީ." ސައީދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ސަރުކާރަށް ތާއިދުކުރާ މެމްބަރުން މީޑިޔާގައި މިއީ އެކްޕޭޝަނަރީ ބަޖެޓެކޭ ކިޔައި ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ.
"ދިވެހި ނިކަމެތި ރައްޔިތުން ރަށްރަށުގައި އެ ތިބީ އަގަޔާއި އަތާއި ދިމާނުވެ އިއްޒަތްތެރި ރައީސް." ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު