ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ ހިލޭ ތަރައްގީކުރެވެން އޮތްތަނެއްކަމަށް ވިދާޅުވުމުން ޕީޕީއެމްގެ ސްޕޯކްސްޕާަސަން ހީނާ ވަލީދު އެކަމަށް ރައްދުދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެ ދަރަނިވެރި ކޮށްފައިވާކަމަށް ވިދާޅުވަމުންނެވެ. އެގޮތުން ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލުމަށް ރައީސް ޔާމިން ކުރިއަށްގެންދިޔަ އެއަރޕޯޓްތައް ތަރައްގީކުރުމުގެ މަސައްކަތަކީ ދިވެހިން ދަރަނިވެރި ކުރުވި މަސައްކަތްތަކެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީވެސް ހިލޭ ތަރައްގީކުރެވެން އޮތްތަނެއްކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަދި އާ ރަންވޭއެއްވެސް ތަރައްގީކުރަން ނުޖެހޭ ގޮތަށް މާބޮޑު ތަރައްގީއެއް ނުހިމަނައި އިންޑިއާގެ ޖީއެމްއާރަށް އެއަރޕޯޓް ދިގު މުއްދަތަށް ދިން މައްސަލަ ވެސް އެމަނިކުފާނު ވަނީ ދިފާއުކުރަށްވައި ވާހަކަފުޅުދައްކަވާފައެވެ.

"އެއީ ހިލޭ އެޅެން އޮތް ތަނެއްކަން، ވެލާނާ އެ ކިޔާ އިންޓަނޭޝަނަލް އެއާޕޯޓު. ފަންސަވީސް އަހަރު ދުވަހުގެ މުއްދަތަށް ބަޔަކު މީހުން އަޅާފައި ހިންގާފައި، އަޅާފައި އަޅުގަނޑުމެންނަށް ދީފައި މިހާރު ދާހާ ދުވަސް މިވީ،" ނަޝީދު ވިދާޅުވިއެވެ.



ރައީސް ނަޝީދުގެ މިވާހަކަފުޅުތަކަށް ރައްދުދެއްވަމުން އިދިކޮޅު މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ސްޕޯކްސްޕާަސަން ހީނާ ވަލީދު ވިދާޅުވީ، ޖީއެމްއާރުން ހިލޭ ކުރިކަމަކީ، އެތަނުގައި ކުނި ވަޅުލުންކަމަށެވެ. އަދި ހިލޭ އެއަރޕޯޓް އެޅެން އޮއްވާ ދިވެހިންގެ ފަހުރެއްކަމަށްވާ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ވިއްކާލި ކީއްވެތޯ ހީނާ ވަނީ ސުވާލުކުރައްވާފައެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހިލޭ އެޅޭތީތޯ ވެރިކަން ލިބުނީމަ ޖީއެމްއާރަށް ވިއްކާލީ؟ ޖީއެމްއާރުން އެތާނގައި ހިލޭ ކުނި ވަޅުލީ." ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ސްޕޯކްސްޕާރސަން ވިދާޅުވިއެވެ.

ޖީއެމްއާރުން ކުރި މަސައްކަތަކީ ހިލޭ ކުނި އެޅުންކަމަށް ޕީޕީއެމްގެ ސްޕޯކްސްޕާަސަން ވިދާޅުވިއިރު، މީގެކުރިން ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުވެސް ވަނީ ޖީއެމްއާރުން ކުރި ކަމަކީ އެއަރޕޯޓަށް ކުނި އެޅުންކަމަށް ވިދާޅުވެފައެވެ.



ރައީސް ޔާމީންގެ ވެރިކަމުގައި ފެށި ބިލިއަން ޑޮލަރުގެ ވެލާނާ އިންޓަނޭޝަނަލްއެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައިވެސް ފެށި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ ޕްރޮޖެކްޓެވެ. ޖީއެމްއާރުން އެއާޕޯޓް ތަރައްގީކުރިނަމަ 25 އަހަރު ދުވަސްވަންދެން ރާއްޖެއަށް ލިބޭނީ އެއަރޕޯޓަށް ލިބޭ އާމްދަނީގެ އެކެއް އިންސައްތައެވެ. ނަމަވެސް ދިވެހި ސަރުކާރުން އެއަރޕޯޓްތަރައްގީކުރުމުން ރާއްޖެއަށް އަހަރަކު ލިބޭ އާމްދަނީ 20 ބިލިއަން ރުފިޔާއިން 80 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނޭކަމަށް ރައީސް ޔާމީންވެސް ވަނީ ވިދާޅުވެފައެވެ.

"ވެން އައި އޭމް ޑަން ވިތް ދިސް، އެއަރޕޯޓު އަދި އެއަރޕޯޓުގެ ފައިދާ އަޅުގަނޑުމެންނަށް ލިބޭއިރު 2023 ވަނަ އަހަރާއި ހަމައަށްދާއިރު، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދިވެހި ސަރުކާރަށް ވައްދާނަން 82 ބިލިއަން ނުވަތަ 802000 މިލިއަން ރުފިޔާ. އެއީ އުންމީދާއި ތަރައްޤީ." މިސަރަހައްދުގެ ފުރަތަމަ ކޯޑް އެފް ރަންވޭ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުޅުވުމަށް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


9

އަބްދޫ

02-Dec-2020

އެއާޕޯޓުން ޖީއެމްއާރުން 52 މިލިއަން ނެޓް ފްރޮފިޓަށް ލިބޭ .އެފައިސާއިން ބަެއެެއް ނަސީދާ އޭނާގެ އައުވާނުންނަށްޅިބޭ.ޖީއެންއާރު އެގްރީމަންޓަކު ރަންވޭ އޅާކަށް ނެތް.އޮތީ އެެއާޕޯޓް ޑިވޮލޮޕްމަންޓްލޯނު އެއާޕޯޓްމޯގޭޖްކޮށް ގެރެންޓީ ދީގެން ނަގާދޭށާ ލޯނުފަިއިސާ ދެއްކުމަށް ފުރާ ކޮންމެ މީހެއްގެ އަތުން 29 ޑޮލަރު ނެގުމަށް މަޖިލީހުން ފާސްކުރުމަށް.މީގެމާނަޔަކީތަރައްގީއަށްލޯނުނަގާދީ އެލޯނު ދައްކާނެ ފައިސާދިވެހި ދައުލަތުން ދޭންޖެހޭނެ ކަމަށް.އރެށޕޯޓް 78 މިލިއަން ޑޮލަރަށް ވިެްްއްކާލީ މުސާރަދެވެން ނެތިގެން.އޭރު ހުރީ ނަސީދުގެ ލިޔަނު ނޫރައްދީނު ވިދާޅުވީ މީގަ ސޮއިކުރަން ހެޔޮމުވާނެކަމަށް.ބުނުމުން އޭނަ ވަކިކޮށް ކުޑަ ބަންދޭ ހަމަޖަެްސާ ސޮއިކުރުވީ.މިއީ ދަވްލަތަށްގެެއްލުންބޮޑު ނަސީދަށާ ޖީއެމްއާރަށް ފައިދާހުރި އެެއްބަސްވުމެެއް .ނަސީދުގެ ބައި ޖަމާވަނީ މޮރިސަސް އަށް.


-4

ސަޢީދު

01-Dec-2020

ހީނާގެދެލޯކުނަވެފަހުއްޓަސް ޖީއެމްއާރް އިންކޮށްފައިހުރިކަންތައްއަހުންލޮލުންދުށީމު ވަގު ޔާމީނު ވެރިކަމަށް އާފަލު ކަނޑުފެއްތިއެއްޗެހި ހީނާޔައްނުފެނުނީކެވިފައިހުރިހަރާމްތަކެތީގެސަބަބުންކަންވެސްޔަގީން މީހާބަލާލުމުންވެސް އިނގޭ ކޮށްމަސް ޖަހާފަހުރިވަރު



ޓްރެންޑިން