ޑރ. މުޙައްމަދު ޝަހީމާއި ރައީސް މުޙައްމަދު ނަޝީދު
ޑރ. މުޙައްމަދު ޝަހީމާއި ރައީސް މުޙައްމަދު ނަޝީދު
ރާއްޖޭގެ ޑިމްކޮރަސީ އަށްޓަކައި އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވެވަޑައިގެންނެވި ގުރުބާނީގެ އަގަކީ ކޮބައިތޯއޭ ވިދާޅުވެ އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ރައީސް ނަޝީދާ ވަރަށް ބޮޑު ސުވާލެއް ކުރިމަތި ކުރުވައިފިއެވެ.

އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރ އަދި ރައީސް އަބުދުﷲ ޔާމިންގެ ރަނިންމޭޓްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައި އިސްތިއުނާފް ލަސްކޮށް ރައީސް ޔާމިންއާއި މެދު އިންސާފުން ބޭރުން އަމަލުކުރަމުންދާ ކަމަށާއި، އެއީ މިއަދު ފެންނަމުންދާ ހަގީގަތެއް ކަމަށެެވެ.

"ޑިމްކޮރަސީ އަށްޓަކައި މުޅި ހަޔާތުގައި މަނިކުފާނު (ރައީސް ނަޝީދު) ވީ ޖިހާދުގެ ޝަރަފުވެރި ގުރުބާނީގެ އަގަކީ މިއީތޯ؟" ރާއްޖެއަށް ޑިމްކޮރަސީ ގެނައުމަށްޓަކައި ރައީސް ނަޝީދު އިސްވެ ކުރެއްވި މަސައްކަތްތަކަށް އިޝާރަތް ކުރައްވަމުން ޑރ. ޝަހީމް ސުވާލު ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަކީ ޖޭއެސްސީގެ މެމްބަރެކެވެ. އެމަނިކުފާނު ޖޭއެސްސީގައި އިންނަވައިގެން ރައީސް ޔާމިންގެ ޝަރީއަތަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. މީގެ އިތުރުން ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ހައިކޯޓުން އިސްތިއުނާފްގެ މައްސަލައިގެ އަޑުއެހުން ނިމިފައިވާތާ ތިން މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެމައްސަލައިގެ ހުކުމް އިއްވުން ލަސްވަނީ ޖޭއެސްސީގެ ނުފޫޒު އެމައްސަލަ އަށް ފޯރުވާތީ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.



ކިޔުންތެރިންގެ ހިޔާލު


8

ކޮޖާ

05-Dec-2020

އަނެއްކާ އަނެއް ކަންތައް. ޑިމޮކްރަސީއަށްޓަކާ އޭނަ ގުރުބާނީއެއް ވިތަ? އޭނައާ އޭނަގެ އާއިލާ ތާއަބަދު އުޅުނީ ބަޣާވާތް ކުރާކަށްނު.


-6

ކިނބޫ

02-Dec-2020

އެމީހާއާ މުޚާޠަބު ނުކުރައްވާ ޑރ. އެއީ އަނގަ މުޑުދާރު ބޮޑާ ކިބުރުވެރި އަގަލު މަދު އަޚްލާގެއް ނެތް ހަޑިހުތުރު މީހެއް.


0

ޙުސެން

01-Dec-2020

މިވެސް އެއްޗެއް ބުނީއެވެ. އަންނި އަގު ލިބުން ކަމުގައި ވާނީ ޔާމީން ދޫކޮށްލުމުން ނޭތޯ? މި ވިދާޅުވަނީ. ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ



ޓްރެންޑިން