(އެސްއޯއީ) ކޮމިޓީގެ ބައްދަލުވުުމުގެ ތެރެއިން
(އެސްއޯއީ) ކޮމިޓީގެ ބައްދަލުވުުމުގެ ތެރެއިން
ކޮވިޑް-19 ގެ ލޮކްޑައުންގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޭނުމަށް ތެޔޮ ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމާބެހޭ ފަރާތްތައް ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކުރަން މިއަދު ނިންމައިފިއެވެ.

އެސްއޯއީ ކޮމެޓީން އެގޮތަށް ނިއްމައިފައިވަނީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފަހުއެވެ. މި މައްސަލައިގައި އިތުރަށް ސާފު ކުރަންޖެހޭ ކަންކަން ހުރުމުން، އެމްޕީއެލްގެ އިސްވެރިންނާއި އެފްއެސްއެމްގެ މިކަމާއި ގުޅުންހުރި ފަރާތްތައް ކޮމެޓީއަށް ހާޒިރު ކުރުމަށް މިއަދު ވަނީ ނިއްމާފައެވެ.

މިއަދުގެ ކޮމެޓީގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވިދާޅުވީ ދައުލަތުގެ ވިޔަފާރި ކުންފުނިތައް މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް މަތިކޮށްފައިވާ ޒިންމާތައް ނެގުމުގައި ފެއިލްވެފައިވާ ކަމަށެވެ.

ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށްވެސް ބައެއް މެމްބަރުން ފާހަގަކުރިއެވެ. މި މައްސަލައިގެ ތެރެއިން ތެޔޮ ގަތުމުގެ ނަމުގައި އެމްޕީއެލްއަށް ތެޔޮ ގަންނަ ފޯމްތައް ފޯޖްކޮށް، ފޯމްތަކުގެ ފޮޓޯކޮޕީ ހައްދައި، އެ ފޯމްތަކަށް ތެޔޮ ހޯދާފައިވާ ކަމަށް އެމްޕީއެލްގެ އިންޓަރނަލް އޮޑިޓުން ވަނީ ހާމަވެފައެވެ. އަދި އެ މަސައްކަތް ކުރަން ހަވާލުކޮށްފައިވާ މުވައްޒަފު އޮޑިޓަށް ދީފައިވާ ބަޔާންތަކުން އެނގޭ ކަމަށް އެމްޕީއެލްގެ ސީއީއޯ ފޮނުއްވެވި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މިކަން ކޮށްފައިވަނީ، އެފްއެސްއެމްގެ ތެޔޮ ސަޕްލައިކުރާ ބައުޒަރުގައި މަސައްކަތްކުރާ މުވައްޒަފުންތަކަކާއި ގުޅިގެން ކަމަށް ވެސް ރިކުއެސްޓް ފޯމުގައި ސޮއިކޮށްފައިވާ އެމްޕީއެލްގެ މުވައްޒަފުން ވަނީ އޮޑިޓަށް ބަޔާނަށް މައުލޫމާތު ދީފައެވެ. މި މައްސަލައިގެ ތެރެއިން 8 މިލިއަނަށް ވުރެން ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް އެމްޕީއެލްގެ ޗެއާމަން މަގާމުން މިއަދު އިސްތިއުފާ ދެއްވި ނަޒާކީ ޒަކީ ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން