ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 47 އަށް އަރައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބަލީގައި ނިޔާވެފައިވަނީ 75 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވަމުން ދިޔަ ކަމުގައި ވީނަމަވެސް މިދިޔަ މަހު ރާއްޖޭން ވަނީ ކޯވިޑް ޖެހިގެން 8 މީހުން މަރުވެފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13،011 އަށް އަރާފައެވެ. އަދި މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 1،019 ގައެވެ.
މިއަދު ނިޔާވި މީހާއާއި އެކު، ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 47 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު