އަލިފާނުގެ ހާދިސާ ހިނގި ދޯނި
އަލިފާނުގެ ހާދިސާ ހިނގި ދޯނި
ގދ. ތިނަދޫ ފަޅުގައި އޮތް "ރާސްތާ" ނަމަކަށް ކިޔާ މަސް ދޯނީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެންމެ ބޮޑަށް ފިހުނު މީހާ މިއަދު ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާގައި އެންމެ ބޮޑަށް ޒަހަމްވީ ހަށިގަނޑުން 50 ޕަސެންޓް ފިހުނު މީހާ އެވެ. އޭނާ އަށް ވެސް އެންމެ ފުރަތަމަ ފަރުވާ ދިނީ އެ ރަށުގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުންނެވެ. ނަމަވެސް ހާލު ސީރިއަސްވާން ފެށުމުން މިދިޔަ ބުރާސްފަތި ދުވަހު އައިޖީއެމްއެޗަށް ވަނީ ބަދަލުކޮށްފަ އެވެ.

ތިނަދޫ ހޮސްޕިޓަލަށް 41 އަހަރުގެ އެ މީހާ ގެންދިޔައިރު ވެސް އޮތީ ވެންޓިލޭޓަރުގައެވެ. މަރުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ހެނދުނު 8:35 ހާއިރު ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ޖުމްލަ ހަތަރު މީހަކަށް ހޮސްޕިޓަލުގެ ވޯޑުގައި ވަނީ މިހާދިސާއާއި ގުޅިގެން ފަރުވާ ދީފައެެވެ. އަދި ދެމީހަކު އިތުރު ފަރުވާއަށް ވަނީ މާލެެ ފުރުވާލާފައެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި މި ހާދިސާގައި ދޯނީގައި ދެން ތިބި ތިން މީހުންގެ ހަށިގަނޑުން ވެސް އެކި ވަރަށް ފިހުނެވެ. އެކަމަކު އެއްވެސް މީހެއްގެ ހާލު އެހާ ގޯސް ނޫން ކަމަށް ތިނަދޫ ހޮސްޕިޓަލުން ކުރިން ބުންޏެވެ.

މިކަމާ ގުޅިގެން، އެމްއެންޑީއެފުން ބުނީ ދޯނީގައި ރޯވީ ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން