ކޯވިޑްގެ ލޮކްޑައުން ތެރޭގައި އެމްޕީއެލްއިން ހިންގި 'ތެޔޮ ވައްކަން" ހިންގާފައިވަނީ ސޮއިފޯޖުކޮށްގެން ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަ ޝާހިދު ޢަލީ މިހެން ވިދާޅުވީ ލޮކްޑައުން ތެރޭގައި އެމްޕީއެލްއިން ހިންގި ތެޔޮ ވައްކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް މައުލޫމާތު ދެއްވަމުންނެވެ.

ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ ކޯވިޑް-19ގެ ފުރަބަންދުގައި އެމްޕީއެލްގެ ބައެއް މުވައްޒަފުންނާއި، ފިއުލްސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުން ގުޅިގެން ހިންގި ތެލުވެ ވިޔަފާރިއަކީ ސޮއި ފޯޖުކޮށް، ހިންގާފައިވާ ކަމެއްކަމަށް މިހާތަނަށް ބެލިބެލުމުން އެނގޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިމައްސަލަ ފެންމަތިވެފައިވަނީ ކޯވިޑް-19ގެ ތެރޭގައި ކުރެވުނު މަސައްކަތްތައް ބެލުމަށް ކުރި އޮޑިޓްތަކުންކަމަށެވެ. އެގޮތުން ކުންފުނިން ގަނެފައި ނުވާ ތެލަށް ވެސް ބިލްތަކެއް ހަދާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ މިކަން ކުރި މީހުން ކުށަށް އިއުތިރާފްވެ، އެކަން ހިންގި ގޮތް ކިޔައިދީފައިވާ ކަމަށެވެ. އަދި މިމައްސަލައަކީ ވައްކަމުގެ މައްސަލައެއްކަމަށް ވުމުން މިހާރު މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އޭސީސީއާއި، ފުލުހުންނާއި އޮޑިޓަ ޖެނެރަލަށް ހުށަހަޅާފައިވަކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިމައްސަލަ ތަހުގީގުކުރަމުންދާތީ މައްސަލައާ ގުޅުންހުރި މުވައްޒަފުން ގޭގައި މަޑުކުރަން އަންގާފައިވާކަމަށެވެ.

ލޮކްޑައުން ތެރޭގައި އެމްޕީއެލް ތެރޭގައި ހިނގި ތެލުގެ ވައްކަމުގެ ތެރެއިން 8 މިލިއަން ރުފިޔާ ބަޔަކު ވަގަށް ނަގާފައިވާކަމަށް މިހާތަނަށް ތިލަ ވެފައިވާ މައުލޫމާތުތަކުން އެނގެން އެބައޮތެވެ. އެމައްސަލަ މީޑިއާއާއި ހިއްސާ ކުރެއްވުމަށްފަހު ކުންފުނީގެ ޗެއަރމަން ޒަކީ ވަނީ އިސްތިއުފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން