އެޗްޕީއޭގެ ފްރޮންޓްލައިން އޮފިސަރުންތަކެއް - ފޮޓޯ: ސަން
އެޗްޕީއޭގެ ފްރޮންޓްލައިން އޮފިސަރުންތަކެއް - ފޮޓޯ: ސަން
ކޮވިޑް-19އާ ގުޅިގެން، ދިވެހިރާއްޖޭގައި ކަރަންޓީން ވާން ޖެހޭ މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރު ކުރަން ސަރުކާރުން ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބަދަލު ގެންނަން ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިއްހީ ދާއިރާގެ އިސް ބޭފުޅުން ހިމެނޭހެން ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ. ކޮންމެ ހޯމަ ދުވަހަކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ބައިވެރިވަޑައިގެން ސިއްހީ ދާއިރާއާއެކު މަޝްވަރާތައް ކުރިއަށް ގެންދަވާ މި ބައްދަލުވުންތައް ނިންމަވާ ލެއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުުގައި ވަނީ ރާއްޖޭގެ ކަރަންޓީން މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރު ކުރަން ނިންމާފަ އެވެ.

މިކަން ފުރަތަމަ އާއްމު ކުރައްވާފައި ވަނީ، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) ކުރެއްވި ޓުވީޓެއްގަ އެވެ. ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި ރައީސް ސޯލިހު ޓެގް ކުރައްވައި ނަޝީދު ކުރެއްވި ޓުވީޓް، އެ ކޮމެޓީގައި އިންނަވާ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ރިޓުވީޓް ވެސް ކުރައްވާފައިވެ އެވެ.

ނަމަވެސް، މި ބަދަލު ގެނައިކަން ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަދި އިއުލާނެއް ނުކުރެއެވެ.

ރާއްޖޭގައި މިވަގުތު އަމަލުކުރެވެމުންދަނީ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލުންނެވެ. އެއީ ކަރަންޓީނުކުރާ ނަމަ 14 ދުވަހަށް ކަރަންޓީން ކުރުމެވެ.

ކޯވިޑާއި ގުޅިގެން ކަރަންޓީން ކުރަން އެންމެ ރަނގަޅު މުއްދަތަކީ މިއީ ކަމަށް ސިއްހީ މާހިރުން ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު


20

ޙަބިިިީބާ

01-Dec-2020

ފަސް ދުވަަހައް ބަދަލް ކުރަން ރަނގަޅު



ޓްރެންޑިން