މުޒާހަރާގައި ބައިވެރިވި 2 މުވައްޒަފުން ސަސްޕެންޑްކުރުމުން އެކަމާއި ގުޅިގެން ގާނޫނީ ފިޔަވަޅު އަޅަން އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ސުލްޙަވެރިކަމާއެކު އިޙްތިޖާޖުކުރި ނ. ލަންދޫ ސްކޫލްގެ 2 މުވައްޒަފަކު ސަސްޕެންޑްކޮށް އިޙްތިޖާޖުކުރި އެކި އެކި މުވައްޒަފުންނަށް ބިރު ދެއްކުން ކުށްވެރި ކުރާކަމަށެވެ. އަދި ރައްޔިތުން އިތުރަށް ނިކަމެތި ކުރުމަށް ސަރުކާރުން ހިންގަމުންދާ މިފަދަ އަނިޔާވެރި ޢަމަލުތައް ހުއްޓާލުމަށް ވެސް ވަނީ ގޮވާލާފައިވެއެވެ.

ހަމައެއާއެކު އެދުވަހުގެ އިޙްތިޖާޖުގައި ބައިވެރިވި ބައެއް ކުންފުނިތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ ވަޒީފާތަކުގައި ތިބި ބައެއް ފަރާތްތަކަށް އިންޒާރުދީ ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދައްކަމުންދާ ކަމަށް އިދިކޮޅު ކޯލިޝަނަށް މަޢުލޫމާތު ލިބެމުން އެބަދާ ކަމަށް ވެސް ބުނެފައި ވެއެވެ.

މި ފުރުސަތުގައި ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤު ހުރިހާ ރައްޔިތުންނަށް ހޯދައިދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމަށް ހަނދުމަފުޅުކޮށް އަރުވާކަމަށް އިދިކޮޅުގެ ބަޔާނުގައިވެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ނޮވެމްބަރު 28 ވަނަ ދުވަހު މުޅިރާއްޖޭގައި ކުރިއަށް ދިޔަ ސުލްޙަވެރި އިޙްތިޖާޖަކީ ދުރާލާ އިޢުލާން ކުރެވިގެން "ރައީސް ޔާމީނަށް ކުރާ އަނިޔާއާއި ދެކޮޅަށް ރާއްޖެ" މި ޝިޢާރުގެ ދަށުން ކުރިއަށް ގެންދިޔަ އިޙްތިޖާޖެކެއްކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ސޮއިކުރައްވާފައިވާ ލިޔުމުގައި، އެދުވަހުގެ މުޒާހަރާ ގައި "ރައީސުލްޖުމްހޫރިއްޔާ ދަންޖައްސާ މަރާލުމަށް،”ގޮވާލާފައިވާ ކަމަށް އޮތުމަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމަށާއި އަދި އެއީ ޕްރޮގްރެސިވް ކޯލިޝަން ބަދުނާމުކޮށް ޙަޤީޤަތް އޮޅުވާލުމަށް ކޮށްފައިވާ ވަރަށް ދަށުދަރަޖައިގެ ހަޑިހުތުރު ޢަމަލެއްކަމަށް ވެސް އިދިކޮޅުގެ ބަޔާނުގައި ވެއެވެ. އަދި މިކަމާގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު


4

ސަމަރޭ

02-Dec-2020

ޝަރުޢީ ކޯޓަކުން ވަގެއްގެގޮތުގައި ހުކުމްކޮށް ޖަލަށްލީ މީހަކު މިނިވަންކުރުމަށް ގޮވާލުމަކީ ޣައިރު ޤާނޫނީ ކުށެއް. އެކިމަރުހަލާތަކުން ވަގު މިނިވަންވޭތޯ ބަލަންޖެހޭނީ. އެންމެކުޑަކުއްޖާއަށްވެސް އެގޭވަރަށް އެކަލޭގެ މިގައުމު ނޮޅާލާ ފަސާދަކޮށްފި. އެކަމުގެ އަސަރު މުލުންފެށިގެން އެހުރީ ހިފާލާފަ



ޓްރެންޑިން