އަދީބާއި ޒިޔަތުގެ ޝަރީއަތުން ޖިނާޢީ ޢަދުލުގެ ނިޒާމު ކިލަނބުވެ އިތުބާރު ގެއްލިފައިވާ މިންވަރު ހާމަވެގެން ހިނގައްޖެކަމަށް ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތްކަމަށްވާ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކަށް ޒިޔަތު އިއުތިރާފްވުމުން އޭނާއަށް ކުޑަ އަދަބެއް ދިނުމަށް ޝަރީއަތުން ނިންމުމާއި ގުޅިގެނެވެ.
މިކަމާއި ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ބައިތުލްމާލަށް ގެއްލުންދިން ބަޔަކަށް ބޮޑެތި ލުއިތަކެއް ދިނުމަކީ ބޮޑު ގޯހެއްކަމަށެވެ. އަދި ސަރުކާރުން އިންޞާފު ޤާއިމްކުރަން ނޫޅޭކަން މި ހުރިހާ ކަމަކުން ޔަޤީންވާކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ ނަމެއްގައި ދަޢުވާ އުފުލައި ހުކުމްކުރާއިރު، ޖަލު ހުކުމް ހޭދަކުރަނީ ކޮންތަނެއްގައިކަންވެސް އެނގެންޖެހޭކަމަށެވެ.
ޖަމީލް ވިދާޅުވީ އަދީބާއި ޒިޔަތަށް ލުއިތަކެއް ސަރުކާރުން ދިނީ ޙީލަތްތެރި ގޮތެއްގައި، ދައުލަތުން ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް އުފެއްދުމަށްކަމަށެވެ. އަދި ޖިނާޢީ ޢަދުލުގެ ނިޒާމު ކިލަނބުވެ އިތުބާރު ގެއްލިފައިވާ މިންވަރު އަދީބާއި ޒިޔަތުގެ ޝަރީޢަތްތަކުން ހާމަވެގެން ހިނގައްޖެކަމަށް ޖަމީލް ވިދާޅުވިއެވެ.
އެމް.އެމް.ޕީ.އާރު.ސީގެ ބޮޑު ޚިޔާނާތް ހިނގިއިރު އެކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޒިޔަތުގެ މައްޗަށް ކުރާ ހުރިހާ ދައުވާއަކަށް އިއުތިރާފުވެފައި ވުމާއިއެކު، އެމައްސަލަތަކުގެ ހުކުމްކުރުން ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. އަދި ޒިޔަތުގެ މައްޗަށް ދައުލަތުން ކުރާ 32 ދައުވާގެ އަދަބަކީ 11 އަހަރަށް ޖަލަށްލުން ކަމަށް ދައުލަތުގެ ވަކީލުންވަނީ ނިންމާފައެވެ.
އެމް.އެމް.ޕީ.އާރު.ސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ޒިޔަތު މީގެ ކުރިން ވަނީ ދައުލަތާއެކު އަދަބަށް ލުއިދިނުމުގެ އެއްބަސްވުމެއް އެކުލަވާލާފައެވެ. ޒިޔަތު ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ތަކަށް ލުއި އަދަބު ކަނޑައަޅާ ގޮތަށް އޭނާގެ މައްޗަށް ކުރާ 32 ދައުވާއަށް އިއުތިރާފުވެފައެވެ. އެމައްސަލާގައި ބޭއްވި އެންމެ ފަހު އަޑުއެހުމުގައި ޒިޔަތު ވަނީ ތަހުޤީޤަށްވެސް އެއްބާރުލުންދީ ދައުވާ ތަކަށް އިއުތިރާފު ވެފައެވެ.

ރައްޔިތުންގެ ބައިތުލްމާލަށް ގެއްލުންދިން ބަޔަކަށް މިފަދަ ބޮޑެތި ލުއިތަކެއް ދިނުމަކީ ބޮޑު ގޯހެއް. އިންޞާފު ޤާއިމްކުރަން ނޫޅޭކަން މި ހުރިހާ ކަމަކުން ޔަޤީންވޭ. ނަމެއްގައި ދަޢުވާ އުފުލައި ހުކުމްކުރާއިރު، ޖަލު ހުކުމް ހޭދަކުރަނީ ކޮންތަނެއްގައިކަން އެބައެނގޭ. 1/2
— Mohamed Jameel Ahmed (@MJameelAhmed) December 1, 2020
އެމް.އެމް.ޕީ.އާރު.ސީގެ ބޮޑު ޚިޔާނާތް ހިނގިއިރު އެކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޒިޔަތުގެ މައްޗަށް ކުރާ ހުރިހާ ދައުވާއަކަށް އިއުތިރާފުވެފައި ވުމާއިއެކު، އެމައްސަލަތަކުގެ ހުކުމްކުރުން ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. އަދި ޒިޔަތުގެ މައްޗަށް ދައުލަތުން ކުރާ 32 ދައުވާގެ އަދަބަކީ 11 އަހަރަށް ޖަލަށްލުން ކަމަށް ދައުލަތުގެ ވަކީލުންވަނީ ނިންމާފައެވެ.
އެމް.އެމް.ޕީ.އާރު.ސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ޒިޔަތު މީގެ ކުރިން ވަނީ ދައުލަތާއެކު އަދަބަށް ލުއިދިނުމުގެ އެއްބަސްވުމެއް އެކުލަވާލާފައެވެ. ޒިޔަތު ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ތަކަށް ލުއި އަދަބު ކަނޑައަޅާ ގޮތަށް އޭނާގެ މައްޗަށް ކުރާ 32 ދައުވާއަށް އިއުތިރާފުވެފައެވެ. އެމައްސަލާގައި ބޭއްވި އެންމެ ފަހު އަޑުއެހުމުގައި ޒިޔަތު ވަނީ ތަހުޤީޤަށްވެސް އެއްބާރުލުންދީ ދައުވާ ތަކަށް އިއުތިރާފު ވެފައެވެ.
ކިޔުންތެރިންގެ ހިޔާލު