މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޙް އަލީ ޒައިދު
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޙް އަލީ ޒައިދު
މުޖްތަމަޢުގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ދީނަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅު އަޅަންޖެހޭކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް އަލީ ޒައިދު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި އަނެއްކާވެސް އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަދައްކާ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހެއްގެ ޝަކުވާ ބޮޑުވުމާއި ގުޅިގެނެވެ.

މިމައްސަލައާ ގުޅިގެން ޝައިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކުރާ އެއްވެސް މީހަކަށް ކަމާއިބެހޭ ފަރާތްތަކުން ފިޔަވަޅު ނޭޅި، ހުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި ލަސްނުކޮށް އެފަދަ މީހުންނަށް ފިޔަވަޅު އަޅައި، އިސްލާހުނުވާނަމަ ދައުވާކުރުމަކީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އެންމެ ރަނގަޅު ގޮތްކަމަށް ޒައިދު ވިދާޅުވިއެވެ.



އިސްލާމްދީނަށް ފުރައްސާރަކުރާ މީހެއްގެ މައްސަލަ ބޮޑުވެގެން ޝައިހް ޒައިދު ޓްވީޓްކުރެއްވިއިރު، އެހެން ބައެއް ދީނީ އިލްމުވެރިންވެސް ވަނީ މިކަމުގެ ހުރި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އެގޮތުން ސަލަފް ޖަމިއްޔާގެ ރައީސް އަބްދުﷲ ބިން މުހައްމަދު ވިދާޅުވީ އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ގިނަވަމުންދާއިރު އެފަދަ މައްސަލަތައް ބެލުމުގެ ހެޔޮ ނިޔަތެއް ސަރުކާރުގައި ނެތް ކަމަށެވެ.

ސޯޝަލް މީޑިއާގައި ދީނަށް ފުރައްސާރަކުރާ މީހާގެ މައްސަލަ ދީނީ އިލްމުވެރިން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާއިރު، މިހާތަނަށް އެމީހާއާމެދު ފިޔަވަޅެއް އެޅިކަމުގެ މަޢުލޫމާތެއް ނެތެވެ.

މިހާރު މީސް މީޑިއާގައި އިސްލާމް ދީނާ ދެކޮޅަށް ވާހަކަދައްކާ އައްޑޫ ސޮޓީއަށް ނިސްބަތްވާ އެ މީހާ އަކީ ފުލުހުން މީގެކުރިން ހައްޔަރުކޮށް ދޫކޮށްލާފައިވާ މީހެއްކަމަށް އެނގިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން