7 ފެބްރުއަރީ 2012 ގައި ރާއްޖޭގައި ހިންގި ކަންކަމަކީ ނުހިނގާކަމެއްގެ ގޮތުގައި ދުށުމަކީ ރާއްޖެއަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއްކަމަށް ކުރީގެ ރައީސް، މަޖިލިސް ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
7 ފެބްރުއަރީއާ ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަފުޅުދައްކާފައި މިވަނީ ކަނޑައެޅިގެން ކޮން ސަބަބަކާހުރެ ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 7 ފެބްރުއަރީ 2012 ގައި ފުލުހުން ވަނީ އަމުރަށް ނުކިޔަމެންތެރިވެފައިކަމަށެވެ. އަދި އެއީ ނުވާކަމެއްކަމަށް ހަދައިގެން ފުލުހުންގެ ޤާނޫނަށް އިސްލާހު ގެންނަން ވިސްނައިފިނަމަ އެއީ ޒަމާންތަކެއް ވަންދެން ރާއްޖެއަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
7 ފެބްރުއަރީއާ ގުޅޭގޮތުން ރައީސް ނަޝީދު ޓްވީޓްކުރައްވާފައިވާއިރު، ދާދިފަހުން ފުލުހުންގެ ޤާނޫނަށް އެމަނިކުފާނު ގެންނަން ހުށަހެޅުއްވި އިސްލާހުތައް އެޤާނޫނަށް ގެންނަން އެމްޑީޕީގެ ޕީޖީ ގްރޫޕުން އެއްބަސްނުވާކަމުގެ ޚަބަރުތަކެއް ވަނީ ފެތުރިފައެވެ.
7 ފެބްރުއަރީ 2012 ގައި ރާއްޖޭގައި ހިނގީ ބަޣާވާތެއްކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު، އެދުވަހު ހިނގި ކަންކަމުގައި ބައިވެރިވި އިސްބޭފުޅުން މިއަދު ތިއްބެވީ ސަރުކާރުގެ އިސް މަޤާމުތަކުގައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުން އެންމެ ބޮޑު އިތުބާރަކާއެކު މަގާމުގައި ހުންނެވި ބޭފުޅަކީ 7 ފެބްރުއަރީގެ ހާދިސާ އުފަން ކޮށް އެހަރަކާތުގައި އެންމެ އިސްކޮށް ބައިވެރިވެ ވަޑައިގެން އެހަރަކާތް ހިންގެވި އާރްކާޓީ، މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އެވެ.

7 February 2012 gai fuluhum nukume hingi mutiny eyee nuhingaa kameh ge gothugai dheki fuluhun ge qaanoon ah islaah gennan visnaifinama eyee zamaan thakeh vandhen Raajje ah dheveyne varah bodu gellumeh pic.twitter.com/u3cXlWxNLw
— Mohamed Nasheed (@MohamedNasheed) December 1, 2020
7 ފެބްރުއަރީއާ ގުޅޭގޮތުން ރައީސް ނަޝީދު ޓްވީޓްކުރައްވާފައިވާއިރު، ދާދިފަހުން ފުލުހުންގެ ޤާނޫނަށް އެމަނިކުފާނު ގެންނަން ހުށަހެޅުއްވި އިސްލާހުތައް އެޤާނޫނަށް ގެންނަން އެމްޑީޕީގެ ޕީޖީ ގްރޫޕުން އެއްބަސްނުވާކަމުގެ ޚަބަރުތަކެއް ވަނީ ފެތުރިފައެވެ.
7 ފެބްރުއަރީ 2012 ގައި ރާއްޖޭގައި ހިނގީ ބަޣާވާތެއްކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު، އެދުވަހު ހިނގި ކަންކަމުގައި ބައިވެރިވި އިސްބޭފުޅުން މިއަދު ތިއްބެވީ ސަރުކާރުގެ އިސް މަޤާމުތަކުގައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުން އެންމެ ބޮޑު އިތުބާރަކާއެކު މަގާމުގައި ހުންނެވި ބޭފުޅަކީ 7 ފެބްރުއަރީގެ ހާދިސާ އުފަން ކޮށް އެހަރަކާތުގައި އެންމެ އިސްކޮށް ބައިވެރިވެ ވަޑައިގެން އެހަރަކާތް ހިންގެވި އާރްކާޓީ، މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އެވެ.
ކިޔުންތެރިންގެ ހިޔާލު