ރާއްޖެ މަތިން މިއަދު ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް
ރާއްޖެ މަތިން މިއަދު ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް
މިއަދު ހަވީރުން ފެށިގެން ކަނޑުދަތުރުތައް ހުއްޓާލުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިކަމަށް އިލްތިމާސްކުރީ ސްރިލަންކާ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ތޫފާނަކަށް ބަދަލުވެ ރާއްޖެ ސަރަހައްދަށް އަސަރުކުރަމުން އަންނާތީއެވެ.

މެޓް އޮފީހުން ބުނީ ލަންކާ ސަރަހައްދުގައި އުފެދުނު ބުރެވި ޠޫފާނު ލަންކާގެ ޓްރިންކޮމަލީ އާއި 240 މޭލު ކައިރިއަށް ޖެހިފައިވާކަމަށެވެ. އަދި މިއަދު މެންދުރުފަހު އެ ތޫފާނު ލަންކާއަށް އަރާނެކަމަށް ބެލެވޭކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނީ ބުރެވި ތޫފާނުގެ ވައިގެ އަސަރު މިހާރު ރާއްޖެއަށް ކުރަމުން އަންނަކަމަށާއި، އުތުރާއި މެދު ރާއްޖެތެރޭގައި މިހާރުވެސް ވައި ގަދަވަމުން އަންނަކަމަށެވެ.

މެޓް އޮފީހުން ވަނީ މި ތޫފާނުގެ އަސަރު ރާއްޖެއަށް މިއަދު ހަވީރު ކުރާނެކަމަށް ލަފާކުރެވޭތީ ކޮންމެހެން ކުރަންޖެހިގެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، ހުރިހާ ކަނޑުދަތުރުތައް ހަވީރުން ފެށިގެން ހުއްޓާލުމަށް އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން