ރައީސް ޔާމީންގެ ޤާނޫނީ ވަކީލަކަށް ކުރީގެ ބަންޑާރަ ނާއިބު، އަދި މަޝްހޫރު ޤާނޫނީ ވަކީލު، ދިޔާނާ ސައީދު އައްޔަންކުރައްވައިފިކަމަށް، ދިޔާނާގެ ފިރިކަލުން އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް ޔާމީން ޖަލުން މިނިވަންކުރުމަށްޓަކައި ދިޔާނާ ސައީދު ޤާނޫނީ ވަކީލަކަށް އައްޔަންކުރަށްވާފައިވާކަމަށެވެ.
" މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި ޔާމީންގެ ލޯޔަރަކަށް ދިޔާސާ ސައީދު އައްޔަންކޮށްފިން." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު މިވާހަކަ ދެއްކުމާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ ޖާބިރުގެ ވާހަކަ ހުއްޓުވާފައެވެ. ޔާމީންގެ ޤާނޫނީ ވަކީލަކަށް ދިޔާނާ އައްޔަންކުރެއްވިކަމަށް އޭނާގެ ފިރިކަލުން ވިދާޅުވިނަމަވެސް، މިކަމާއި ގުޅޭގޮތުން ދިޔާނާ ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ޔާމީން މިނިވަންކުރުމުގެ މަސައްކަތަށް ދިޔާނާ އައްޔަންކުރުމަށް ޖާބިރު ނިންމަވާފައިވާއިރު، މީގެކުރިންވެސް ޖާބިރު ވަނީ ރައީސް ޔާމީން ޖަލުން މިނިވަންކުރުމަށް ގޮވާލައްވާފައެވެ. އަދި އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު