ކޯވިޑް-19 ގެ ރެންޑަމް ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ކޯވިޑް-19 ގެ ރެންޑަމް ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ރާއްޖޭން ބޭރުން އަންނަން މީހުންނާއި މާލޭން ރަށްރަށަށް ދާ މީހުންގެ ކަރަންޓީނު މުއްދަތަކީ 10 ދުވަސް ކަމަށް އެޗްޕީއޭ އިން ހަމަޖައްސައި އެކަން ދެންމެން އިއުލާނުކޮށްފި އެވެ.

އެޗްޕީއޭގެ އިޢުލާނުގައި ވަނީ، ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް 2020 ޑިސެންބަރު 04 ވަނަ ދުވަހުން ފެށިގެން ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި، މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކާއި، ރިޒޯޓުތަކުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކާއި، ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ކަރަންޓީނުވުމަށް ކަނޑައަޅާ މުއްދަތު 10 ދުވަސް ކަމުގައި ކަނޑައަޅާ ކަމުގައި އެ އިޢުލާނުގައިވެއެވެ. އަދި މި މުއްދަތަށްފަހު ކަރަންޓީނުން ދޫކުރެވޭނީ ފީ.ސީ.އާރް ނެގެޓިވް ނަތީޖާއަކާއެކު ކަމަށް ވެސް އެ އިޢުލާނުގައި ވެއެވެ.

އެޗްޕީއޭގެ އެންގެވުމުގައި ވަނީ، މިގޮތަށް ކަރަންޓީނުގެ 10 ދުވަހުގެ މުއްދަތު ހަމަޖައްސާނީ 2020 ޑިސެންބަރު 04 ވަނަ ދުވަހުން ފެށިގެން ދަތުރުކުރާ ފަރާތްތަކަށް ކަމަށެވެ. އަދި މި ތާރީޚްގެ ކުރިން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާ ގުޅިގެން ކަރަންޓީނު ކުރެވިފައިވާ މީހުން ކުރިން

ކަނޑައެޅިފައިވާގޮތަށް 14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށާއި، އަދި ކަރަންޓީނުން ދޫކުރެވޭނީ ޕީ.ސީ.އާރް ޓެސްޓުގެ ނެގެޓިވް ނަތީޖާއާ އެކުގައި ކަމަށްވެސް އެ އެންގުމުގައި ވެއެވެ.

އަދި މިގޮތަށް ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ހަމަޖައްސާފައިވަނީ ހަމައެކަނި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާ ގުޅިގެން ކަރަންޓީނު ވުމަށް ކަމަށާއި، ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވް މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވެގެން ކަރަންޓީނުވާ ފަރާތްތަކުގެ ކަރަންޓީނު މުއްދަތަކީ 14 ދުވަސްކަމުގައި އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. އަދި އެޗް.ޕީ.އޭ އިން ނެރެފައިވާ ގައިޑްލައިންތަކަށް ޢަމަލުކުރުމަށާއި ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތަކުން މި ފިޔަވަޅުތަކަށް ޢަމަލުކުރަމުންދާކަން ބެލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން