މާލޭގެ މަގުމަތިން މަންޒަރެއް -- ފޮޓޯ: ދި އެޑިޝަން
މާލޭގެ މަގުމަތިން މަންޒަރެއް -- ފޮޓޯ: ދި އެޑިޝަން
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި އެއާޕޯޓް ހިންގާ ކޮންމެ ރަށެއްގައި ވެސް އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުވާ ގޮތަށް އުސޫލު އެކުލަވާލައި އާންމުކޮށްފިއެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ވާ ގޮތުން، ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި އެއާޕޯޓް ހިންގާ ކޮންމެ ރަށެއްގައި ވެސް އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުވާނެއެވެ. މިއީ ދިވެހިރާއްޖޭގެ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެޅިފައިވާ ރައްކާތެރި ވުމުގެ ފިޔަވަޅެކެވެ.

މީގެ އިތުރުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތައް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއަކާއެކު ދަތުރުކުރުމަށާއި، މިގޮތަށް ހެދޭ ޓެސްޓަށް ޚަރަދު ކުރަންވާނީ ދަތުރުކުރާ ފަރާތުން ނުވަތަ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ޒިންމާވާ ކުންފުންޏަކުން ނުވަތަ އޮފީހަކުން ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މި އުސޫލުތަކަށް ތަބާ ނުވާނަމަ ލޯކަލް ކައުންސިލްތަކާއި އަދި އެ ނޫން ވެސް ކަމާ ގުޅުން ހުރި އިދާރާތަކުން ފިޔަވަޅު އަޅާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން