އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ، އެން.ސީ.ބީ މާލެ ބިއުރޯއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމަކީ އިންޓަޕޯލް ސެކިއުއަރ އިންފޮމޭޝަން ނެޓްވޯކް ބޭނުންކުރުމުގެ ފުރުޞަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓަށް ދިނުމާ ގުޅޭ އެއްބަސްވުމެކެވެ.

މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލޭގެެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. އެމްއެމްއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ ފައިނޭޝަނަލް އިންޓެލިޖެންސްގެ ހެޑް އިބްރާހިމް ނާޞިރެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކައިގައި އިންޓަރޕޯލް އެން.ސީ.ބީގެ މަސައްކަތްތައް ފުޅާކޮށް ބައިނަލް އަޤުވާމީ ގޮތުން ދިވެހިރާއްޖެއިން އިންޓަރޕޯލް އާއި ގުޅިގެން ކުރާ މަސައްކަތްތައް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރެއްވިއެވެ. އަދި ޓްރާންސްނޭޝަނަލް ކްރައިމްސްގެ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިންޓަރޕޯލްގެ ފަރާތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ދެއްވާނެކަމަށާއި އިންޓަރޕޯލްގެ ޑޭޓާބޭސްތަކާއި ރިސޯސްތަކުގެ އެކްސެސް ލިބިގެން ދިއުމުން އެމްއެމްއޭގެ ފައިނޭންޝަނަލް އިންޓެލިޖެންސް ޔުނިޓްގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

އެމްއެމްއޭގެ ފައިނޭޝަނަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް އިބްރާޙިމް އަޙްމަދު ނަޞީރު މިރަސްމިއްޔާތުގައި ދެއްކެވި ވާގަކައިގައި މިއަދު މި ސޮއިކުރި އެއްބަސްވުމުގެ ދަށުން އެފްއައިޔޫ އަށް އިންޓަރޕޯލްގެ ޑޭޓާބޭސްތަކަށް އެކްސެސް ލިބިގެންދިޔުމަކީ އެފްއައިޔޫގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެފްއައިޔޫއިން މިހާރުވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެކު ވަރަށް ގާތުން މަސައްކަތްކުރަމުން ގެންދާކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ގާބިލްކަން އިތުރުކުރުމަށް އިސްކަން ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި އިންޓަރޕޯލްގެ ޑޭޓާބޭސްތަކާއި ރިސޯސްތަކުގެ އެކްސެސް ހަމަޖައްސަވައި ދެއްވުމުގައި، އިންޓަރޕޯލް އެން.ސީ.ބީ މާލޭގެ މުވައްޒަފުންނާއި ކޮމިޝަނަރ އޮފް ޕޮލިސް ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާ ދެމެދު މިއަދު ސޮއިކުރި މި އެއްބަސްވުމުގެ ތެރެއިން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތްތަކާ ގުޅުންހުރި ދާއިރާއިން، އިންޓަރޕޯލްގެ އެކިއެކި ކްރިމިނަލް އިންފޮރމޭޝަން ޑޭޓާބޭސްތަކާއި ލޯއެންފޯސްމަންޓް ކޭޕެބިލިޓީސް އަދި ޓޫލްސްގެ ބޭނުންކުރެވޭނެ ގޮތް މަގުފަހިވެގެންދާނެއެވެ. އަދި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހޯދުމަށާއި އެކިއެކި ފައިނޭންޝަލް ކްރައިމްސް، މަނީލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސިންގ ގެ މައްސަލަތަކުގައި އެފްއައިޔޫ އަށް އިންޓަރޕޯލްގެ އެހީތެރިކަން ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން