މާސްކް އަޅައިގެން ހުރި މީހެއް މާލޭގެ މަގެއްގެ މަތީގައި، (ފޮޓޯ: ސޯޝަލް މީޑިއާ)
މާސްކް އަޅައިގެން ހުރި މީހެއް މާލޭގެ މަގެއްގެ މަތީގައި، (ފޮޓޯ: ސޯޝަލް މީޑިއާ)
ރާއްޖޭގެ ހުރިހާ ރަށަކާއި އެއާޕޯޓް ހިންގަމުން އަންނަ ރަށްރަށުގައި އުޅޭ އެންމެން މާސްކް އެޅުން މަޖުބޫރު ނުކުރާ ކަމަށާއި، އެހެން ނަމަވެސް އެކަމަށް ބާރުއަޅާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެޗްއީއޯސީން މިގޮތަށް ބުނެފައިވަނީ އެ ސެންޓަރުން ފޮނުއްވި މެސެޖެއްގައެވެ. އެޗްއީއޯސީގެ މެސެޖްގައިވަނީ، ރަށްރަށުގައި މާސްކް އެޅުމަށް އެ ސެންޓަރުން ބާރުއަޅާކަމަށެވެ. އަދި މިއަދު ނެރުނު އިޢުލާނުގެ ދެވަނަ ނުކުތާ މާނަ ކުރުމުގައި މީޑިއާތަކަށް އޮޅުމެއް އަރާފައިވާކަމަށް ފާހަގަ ކުރެވޭ ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.

އެޗްއީއޯސީން ބުނީ ރަށްރަށުގައި މާސްކް އެޅުމާއެކު ތިން ފޫޓުގެ ގައިދުރުކަމެއް ބަހައްޓަން މަޖުބޫރު ނޫން ނަމަވެސް އެގޮތަށް ބާރު އަޅާ ކަމަށެވެ. މިހާރު އޮންނަ ގޮތުން މާސްކް އެޅުން މާލެ ފިޔަވައި މަޖުބޫރު ކޮށްފައި ވަނީ ގެސްޓްހައުސްތައް އޮޕަރޭޝަންގައި ހުރި ރަށްރަށުގައެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ވާ ގޮތުން، ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން، ދަތުރުވެރިންގެ ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ހަމަޖައްސާފައިވާއިރު، ކޯވިޑް-19 އާ ގުޅިގެން ކުރާ ކަރަންޓީންގެ މުއްދަތަކީ ކުރިއެކޭވެސް އެއްގޮތަށް 14 ދުވަސް ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި އެއާޕޯޓް ހިންގާ ކޮންމެ ރަށެއްގައި ވެސް އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަށް ބާރު އަޅާފައިވާއިރު، ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތައް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއަކާއެކު ދަތުރުކުރުމަށް ވަނީ އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


12

ބޮލުރޮދި

05-Dec-2020

އެހެންވީމަ ހާއްސަ ހުއްދައިގަ އަންނަ ޗޮވިޑް ފްރީ ގްރޫޕު އައިސް ރަށު ތެރޭގަ ފެތުރި ގަނޭ މާސްކް ނާޅަ



ޓްރެންޑިން