ހާލުގައި ޖެހިފައިވާ ފަރާތްތައް ބައިތިއްބާނެ ވަގުތީ ހިޔާ ގާއިމްކުރުމުގެ އިތުރުން އެފަރާތްތަކަށް އެހީވުމަށް ކެނެޑާ ސަރުކާރުން ދިން އެއް މިލިއަން ރުފިޔާގެ އެހީއަށް ކުރެއްވީ ކީއްތޯ ވިދާޅުވެ، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ސުވާލު އުފައްދަވައިފި އެވެ.
ކޯވިޑް-19 އާ ގުޅިގެން ކެނެޑާ ސަރުކާރުން ރާއްޖެއަށް އެއް މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސޮއިކުރެއްވީ މިދިޔަ މޭމަހުގެ 18 ވަނަ ދުވަހުއެވެ.
މިއެހީ ބޭނުންކުރެއްވި ގޮތާއި ގުޅޭގޮތުން މުއިއްޒު ސުވާލު އުފައްދަވާފައި މިވަނީ މާލޭގެ މަގުމަތީގައި ބޯހިޔާވަހިކަމެއް ނުލިބި ބައެއް މީހުން މަގުމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަންނާނެ ގެދޮރުނެތި ދިރިއުޅެމުންދާ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާ ސަރުކާރުން ދެއްވި އެހީއިން ކުރިކަމެއް، ރައްޔިތުންގެ ޙައްޤުގައި ސާފުކޮށްދޭންޖެހޭކަމަށެވެ. އަދި މާލެ ސިޓީކައުންސިލަކީ މާލޭގެ މިފަދަ ނިކަމެތި ރަައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ތަނަކަށް ހަދަންޖެހޭކަމަށް މާލެ ސިޓީގެ މޭޔަރުކަަމަށް ވާދަކުރައްވާ މުއިއްޒު ވިދާޅުވިއެވެ.
ހާލުގައި ޖެހިފައިވާ ފަރާތްތައް ބައިތިއްބާނެ ވަގުތީ ހިޔާ ގާއިމްކުރުމުގެ އިތުރުން ބޭނުންވާ އިތުރު އެހީތައް ދިނުމަށް ކެނެޑާ ސަރުކާރުން ދިން އެހީގެ ދަށުން 400 އެއްހާ ފަރާތަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ޝާހިދު ވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް މާލޭގެ މަގުމަތިން ހާލުގައި ޖެހިފައިވާ މީހުން ފެންނަ މިންވަރު އިތުރުވަމުންދާތީ މިފަދަ ގައުމުތަކާއި ފަންޑު ތަކުން ގައުމުތަކުން ދޭ އެހީ ބޭނުންކުރާ ގޮތާއިމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ވަންނާނެ ގެދޮރެއްނެތި ދިރިއުޅެމުންދާ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާ ސަރުކާރުން ދެއްވި އެހީއިން ކުރިކަމެއް، އެ ރައްޔިތުންގެ ޙައްޤުގައި ސާފުކޮށްދޭންޖެހޭ! މާލެ ސިޓީކައުންސިލަކީ މާލޭގެ މިފަދަ ނިކަމެތި ރަައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ތަނަކަށް ހަދަންޖެހޭ! pic.twitter.com/YjgFoQvTT9
— Dr Mohamed Muizzu (@MMuizzu) December 2, 2020
ހާލުގައި ޖެހިފައިވާ ފަރާތްތައް ބައިތިއްބާނެ ވަގުތީ ހިޔާ ގާއިމްކުރުމުގެ އިތުރުން ބޭނުންވާ އިތުރު އެހީތައް ދިނުމަށް ކެނެޑާ ސަރުކާރުން ދިން އެހީގެ ދަށުން 400 އެއްހާ ފަރާތަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ޝާހިދު ވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް މާލޭގެ މަގުމަތިން ހާލުގައި ޖެހިފައިވާ މީހުން ފެންނަ މިންވަރު އިތުރުވަމުންދާތީ މިފަދަ ގައުމުތަކާއި ފަންޑު ތަކުން ގައުމުތަކުން ދޭ އެހީ ބޭނުންކުރާ ގޮތާއިމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު