އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭއިން އާދައިގެ ބްލަޑް ޓެސްޓެއް ވެސް ހެދެނީ 850 ރުފިޔާއަށް ކަމަށް ބުނެ، އަލްހާން ފަހްމީ އެ ހޮސްޕިޓަލަށް ފާޑުކިޔައިފިއެވެ.

އަލްހާން ކުރި ޓްވީޓެއްގައި ވިދާޅުވީ، އޭޑީކޭއިން އާދައިގެ ބްލަޑް ޓެސްޓެއް ހެދުމަށް ވެސް 850 ރުފިޔާ ނަގާ ކަމަށާޢި ހަމަ އެ ޓެސްޓް އައިޖީއެމް ހޮސްޕިޓަލުން 150 ރުފިޔާއަށް ހެދޭ ކަމަށެވެ.

އަލްހާންގެ ޓްވީޓުގައި މިކަން ފާހަގަކޮށް އިތުރަށް ފާހަގަކޮށްފައިވަނީ، ޕްރައިވެޓް ހޮސްޕިޓަލްތަކުން އާސަންދަ "ކާލާ" ގޮތަކީ މިއީ ކަމަށެވެ.

ސަރުކާރުން މާލޭގެ ބޮޑުބިމެއް އަސްލު މާލޭގެ ބިމުގެ އަގަށްވުރެ ކުޑަ އަގެއްގައި ކުއްޔަށް ދީފައިވާއިރު ވެސް ރައްޔިތުން "ފެލަމުން" ދާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އޭޑީކޭ ހޮސްޕިޓަލަށް ފާޑު ކިޔަމުންނެވެ.

އޭޑީކޭ ހޮސްޕިޓަލުން އަހަރެއްގެ ތެރޭގައި މުޅި ރާއްޖޭގެ އާބާދީއަށް ވާވަރަށް ނަމްބަރު އައިނު ހައްދާފައި އާސަންދައިން ލާރިނަގާފައިވާ ކަމަށް ބުނެ މީގެކުރިން ވެސް އެހޮސްޕިޓަލަށް ސިޔާސީ ބޭފުޅުންގެ ތުހުމަތުގެ އިނގިލި ދިއްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.



ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލަށް އަލްހާންގެ ފާޑުކިޔުން އަމާޒުވިއިރު، އޭނާ އަންނަނީ، އޭނާގެ މޭޔަރު ކަމުގައި މާލޭ ސިޓީގައި ހުރި މިފަދަ ކަންކަން ހަމަ މަގަށް އަޅުވާނެ ކަމަށް ބުނެ ކެމްޕެއިން ކުރަމުންނެވެ.

މިގޮތުން، މާލޭގެ ރައްޔިތުންނަށް ގިނަ ވައުދުތަކެއް އޭނާ ވެވަޑައިގަންނަމުން ގެންދަވާކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން