ފުލުހުންގެ އިސްވެރިން މަޖިލީހުގެ ކޮމެޓީއެއްގައި މައުލޫމާތު ދެއްވަނީ
ފުލުހުންގެ އިސްވެރިން މަޖިލީހުގެ ކޮމެޓީއެއްގައި މައުލޫމާތު ދެއްވަނީ
ފުލުހުންނަށް ލީތަލް ހަތިޔާރު ގެންގުޅުމުގެ ބާރު ލިބިދޭ ގޮތަށް ފުލުހުންގެ ހިދުމަތުގެ ބިލުގައިވާ މާއްދާ ބާތިލް ނުކޮށް ލީތަލް ހަތިޔާރު ފުލުހުންނަށް ގެންގުޅެވޭ ގޮތަށް ފުުހުންގެ ބިލު ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ ބިލް ފާސްކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ފުލުހުންގެ ހިދުމަތުގެ ބިލް ދިރާސާކޮށް އެކުލަވާލާފައިވާ ރިޕޯޓްގައި ފުލުހުންނަށް ލީތަލް ހަތިޔާރު ގެންގުޅުމުގެ ބާރު ލިބިދޭ މާއްދާއަށް މާ ބޮޑު ބަދަލުތަކެއް ނުގެނެސް މާއްދާ ހިމެނޭ ގޮތަށް ބިލް ވަނީ އެކުލަވާފައެވެ.ފުލުހުންނާ މަތިކޮށްފައިވާ ޒިންމާ އަދާ ކުރުމަށްޓަކައި ފުލުހުން ގެންގުޅެން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރުގެ ހުއްދައާއެކު ކޮމިޝަނާ އޮފް ޕޮލިސް ކަނޑައަޅާ ހަތިޔާރެއް ގެންގުޅުމުގެ ބާރު ފުލުހުންނަށް ލިބިދޭ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީން އެކަމާ ބެހޭ ގަވާއިދެއް ވެސް އެކުލަވާލަން ޖެހެއެވެ. އެ ގަވާއިދުގައިވާ ގޮތެއްގެ މަތިން އެ ހަތިޔާރުތައް ރާއްޖެއަށް އެތެރެކުރުމާއި، ހޯދުމާއި، ގަތުމާއި، ލިބިގަތުމާއި، ގެންގުޅުމާއި، ބޭނުން ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ބިލްގައިވެއެވެ. ފުލުހުންނަށް ގެންގުޅުމަށް ހުއްދަ ދީފައިވާ ލީތަލް ހަތިޔާރުތައް އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ އުސޫލުތަކާ އެއްވެސް ފުލުހަކު ހިލާފް ވެއްޖެ ނަމަ އެ ފުލުހަކު ކުރަނީ ޖިނާއީ ކުށެއް ކަމަށް ކޮމިޓީ ރިޕޯޓްގައި ވަނީ ބުނެފައެވެ.

ދާދި ފަހުން ފުލުހުން ލީތަލް ހަތިޔާރު ގެންގުޅެން ފެށުމުން މަޖިލީހުގައި ބައެއް މެންބަރުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ހާމަކުރައްވާފައެވެ. އޭގެ ސަބަބުން ބައެއް އޮފިސަރުން ހަތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް އާއްމުންނަށް ނުހައްގު އަނިޔާތަކެއް ލިބުމުގެ ފުރުސަތު ބޮޑު ވާނެ ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން