ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު
ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މުގުލުގައި ހުރި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލުކުރީ އޭނާ ބެހި ފައިސާގައި ހޭކިފައިވާ މިންވަރު ބޮޑުކަމުން ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރި ނުވާ ވެރިޔަކު ރާއްޖޭގައި ނެތް ކަމަށެވެ. ފަނޑިޔާރުން ވަކިކުރަން އަދީބު ފައިސާ ދެއްވި ވާހަކާއާއި ހިޔާނާތުގެ ވާހަކަ ދައްކާއިރު އެ ބޮޑު ހިޔާނާތުގައި ޝާމިލް ނުވާ ވެރިޔަކު ނެތް ކަމަށް ދިޔާނާ ވިދާޅުވިއެވެ.

"އަދީބު ގެއަށް ބަދަލުކުރީ އޭނާ ބެއްސެވި ކަޅު ފައިސާ ތިޔަ ބޭފުޅުންގެ އަތްޕުޅާއި، ދަތްޕުޅުގައި ހޭކިފަހުރި މިންވަރުގެ ބޮޑު ކަމުން." އެމައްސަލައިގައި ބޮޑު ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އަދީބު ގޭބަންދަށް ބަދަލުކޮށްފައިވާތީ އެކަމަށް އިޝާރަތްކުރައްވަމުން ދިޔާނާ ވިދާޅުވިއެވެ.

އަދީބު ބޮޑު ޚިޔާނާތަށް އިއުތިރާފްވެ އޭނާއާއެކު ސަރުކާރުން ވަނީ އިއުތިރާފް އެއްބަސްވުމެއް އެކުލަވާލާފައެވެ. އިއުތިރާފް އެއްބަސްވުމުގެ ދަށުން އަދީބުގެ އަދަބުވެސް ވަނީ ލުއިކޮށްދީފައެވެ. އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިއުތިރާފްވުމާއި ގުޅިގެން އޭނާގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހެން ނަމަވެސް އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. އެމައްސަލައިގައި ހިމެނޭ ކުރީގެ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބުދު ﷲ ޒިޔަތު ވެސް މިވަގުތު ހުރީ ގޭބަންދުގައެވެ. ޒިޔަތުވެސް ވަނީ ދައުވާތަކަށް އިއުތިރާފްވެފައެވެ. ބޮޑު ޚިޔާނާތުގެ މައްސަލައިގައި ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ އިދިކޮޅު ލީޑަރު ރައީސް އަބުދު ﷲ ޔާމިން އެކަންޏެވެ. ބޮޑު ޚިޔާނާތުގެ ފައިސާ އެމްޑީޕީ އާއި، ރައީސް ނަޝީދާއި ރައީސް ސޯލިހަށް ލިބިފައިވާ ކަމަށް އަޑުތަށް ފެތުރިފައިވީނަމަވެސް ރައީސް ނަޝީދާއި ރައީސް ޞާލިޙުވެސް ވަނީ އެކަން ދޮގުކުރައްވާފައެވެ.

ދިޔާނާގެ ފިރިކަލުން އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު، ޗެއަރމަން ޖާބިރު ދާދިފަހުން ވަނީ އެމައްސަލައިގައި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރަައީސް އަބުދު ﷲ ޔާމިންގެ ވަކީލަކަށް ދިޔާނާ ހަމަޖައްސާފައިވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މަޖިލިސް ތަޅުމުގައި ޖާބިރު އެހުންނަވާ ގޮތަކަށް ހުންވަައިގެން ދައްކަވާ ވާހަކަ ގިނަ ފަހަރަށް ޖާބިރަށް ވެސް ފަހުން އެނގިވަޑައިގަންނަވާ ކަމަށް ގަބޫލު ނުކުރެވޭތީ ޖާބިރު ދައްކަވާ އެފަދަ ވާހަކަތަކުގައި ހަގީގަތް އެކުލެވޭ މިންވަރަކާއި މެދު ސުވާލު އުފެދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން