މާލެ ސަރަހައްދަށް މީގެކުރިން ވާރޭވެހި ފެންބޮޑުވެފައި، ބުރެވި ތޫފާނުގެ އަަސަރު ރާއްޖެ އަށް ދަނީ ކުރަމުން
މާލެ ސަރަހައްދަށް މީގެކުރިން ވާރޭވެހި ފެންބޮޑުވެފައި، ބުރެވި ތޫފާނުގެ އަަސަރު ރާއްޖެ އަށް ދަނީ ކުރަމުން
ސްރީލަންކާ ސަރަޙައްދުގައި އުފެދިފައިވާ ޠޫފާން ބުރެވި އަންނަނީ ރާއްޖެއާ ގާތަށްކަމަށާ، މިހާރު އެޠޫފާން ހުރީ ރާއްޖެއާ 760 ކިލޯމީޓަރު ދުރުގައިކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނީ އެ ތޫފާން ހުރީ ސްރީލަންކާއާއި އިންޑިއާ ދެމެދުގެ ކަނޑުގެ ގަލްފް އޮފް މަނާރް ކިޔާ ސަރަޙައްދުގައި ކަމަށެވެ. ޠޫފާން "ބުރެވި" ދަތުރުކުރަމުންދަނީ ހއ.ކެލާގެ އިރުއުތުރުން 760 ކިލޯމީޓަރު ދުރުންކަމަށާއި ޠޫފާނުގެެ ބާރު އެއްވަރެއްގައި ހިފެހެއްޓިފައި ހުރިކަމަށް މެޓު އޮފީހުން މައުލޫމާތުދެ އެވެ. މިސަރަޙައްދުގެ މޫސުމާބެހޭ ކަންކަން ދިރާސާކުރާ އަދި ޠޫފާންތަކާ ގުޅޭ އިންޒާރުނެރޭ އިދާރާއިން މިޠޫފާން ކެޓަގަރައިޒްކޮށްފައިވަނީ ސައިކްލޯންއެއްގެ ރޭންޖުގައިކަމަށް އެއިދާރާއިން ހާމަކުރެއެވެ. އެއީ ޠޫފާނުގެ ބާރު ވަޒަންކުރާ ނިސްބަތުން ބަލާނަމަ 2.3 ކަމަށް މެޓު އޮފީހުން ބުނެ އެވެ.

މެޓު އޮފީހުންވަނީ މިއަދު 14:00އިން ފެށިގެން 20:00އާ އާހަމައަށް ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާހަމައަށް ވައިޓް އެލާޓް ނެރެފައެވެ. މިއަދު ރާއްޖޭގެ ހުރިހައި ސަރަޙައްދަކަށްވެސް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓު އޮފީހުން ހާމަކުރެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރެއެވެ. އަދި ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ހިސާބުތަކަށް އުދައިގެ އަސަރުކުރާނެކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް ވެސް މެޓު އޮފީހުން އިލްތިމާސްކުރެއެވެ. އާންމުކޮށް ރާއްޖޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 7 ފޫޓާ ދެމެދުގެ އުސްމިނެއްގައިކަމަށް މެޓު އޮފީހުން ބުނެ އެވެ.

ސްރީލަންކާގެ އިރުމަތީގެ ސަރަޙާއްދުތަކަށް މިހާރު މިޠޫފާން އަރާފައިވާއިރު މިޠޫފާން މިހާރު ދަތުރުކުރަމުންދަނީ އިންޑިއާ ދިމާއަށެވެ. އެގޮތުން މިއަދުގެ ހަވީރުގެ ވަގުތެއްގައި ނުވަތަ މިރޭ މިޠޫފާން އިންޑިއާއަށް އަރާނެކަމަށް މިސަރަޙައްދުގެ މޫސުމާބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

މާސްޓަރ

04-Dec-2020

އަޖައިބެއް. އެއްޗެކޭވިއްޔާ ލިޔާތި. ކުރީ ޚަބަރުގަ 500 ކިލޯމީޓަރ. ކައިރިވީމަ 700.



ޓްރެންޑިން