ކޮވިޑް ވެކްސިން ރާއްޖޭގެ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ހިލޭ ފޯރުކޮށްދެއްވާނެ ކަމަށާއި ދިވެހި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ހިލޭ ކޯވިޑް ވެކްސިން ފޯރުކޮށްދެއްވާނެ ކަމުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުން އިފްތިތާހުކޮށް ދެއްވުމާއި ގަމުގައި ތަރައްގީ ކޮށްފައިވާ ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު އިފްތިތާހުކޮށްދެއްވުމާއި އެރަށުގެ ހޮސްޕިޓަލުގައި އަލަށް ތައާރުފު ކުރުމަށް ހަމަޖެހިފައިވާ ސީޓީ ސްކޭންގެ ހިދުމަތް ފައްޓަވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް ވެކްސިން މިހާރު ބައެއް ގައުމުތަކުގައި ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
ސަރުކާރުގެ ސިޔާސަތަކީ ކޮވިޑް ވެކްސިން ރާއްޖެ އަށް ގެނެސް ހުރިހާ ރައްޔިތުންނަށް ހިލޭ އެ ވެކްސިން ދިނުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކޮވިޑް ވެކްސިން ހިލޭ ފޯރުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
" ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަދި ދިވެހި ރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުންނަށް ހިލޭ އެ ވެކްސިން ފޯރުކޮށްދިނުން." ރައީސް ސޯލިހް ވިދާޅުވިއެވެ
ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ރޭ ވިދާޅުވެފައިވަނީ ވެކްސިން ގެނައުމާއި ވެކްސިން ޖަހަން ތައްޔާރުވުމުގެ މަސައްކަތްތައް ބަރާބަރަށް ކުރިއަށް އެބަދާ ކަމަށެވެ.
"އެހެންވީމާ ހުރިހާ ދިވެހި ރައްޔިތުންނަށް ވެކްސިން ލިބޭނެ. އަދި ހަމަ ދުނިޔެ އަށް ނުކުންނަ އެންމެ އަވަހަކަށް އަޅުގަނޑުމެންނަށް ވެސް އިރާދަކުރެއްވިއްޔާ އެ ލިބޭނެ،" ޑރ.ޝާހް ވިދާޅުވި އެވެ.
ކޮވިޑް ވެކްސިން ރޭހުގެ ކުރީގައި އުޅޭ ވެކްސިންތަކުގެ ތެރެއިން ރާއްޖެ އިން ހޯދަން މަސައްކަތްކުރަމުންދަނީ އޮކްސްފޯޑް ޔުނިވަސިޓީ އާއި އެސްޓްރަޒެނިކާގެ ވެކްސިނާއި މޮޑާނާގެ ވެކްސިނެވެ. މިހުރިހާ ވެކްސިނެއްވެސް މިހާރު އުޅެނީ ބޭނުން ކުރުމަށް ހުއްދަ ހޯދުމުގެ މަރުހަލާގައެވެ.

ކިޔުންތެރިންގެ ހިޔާލު