އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި މީހުންގެ މައުލޫމާތު ހާމަކުރާކަށް މިސަރުކާރަކަށް ނުކެރޭނެކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ހަގީގީ ލިސްޓް މިސަރުކާރަށް ހާމަކުރާކަށް ނުކެރޭނެކަމަށެވެ. އަދި ގެއްލިފައިވާ ފައިސާވެސް މިސަރުކާރަށް ހޯދައެއް ނުދެވޭނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.



އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ އިރު، އެ ރަށްތަކުގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި މިހިޔާނާތުގެ ފައިސާ މަޖިލީހުގެ މިހާރުގެ މެމްބަރުންނާއި ކުރީގެ މެމްބަރުންނާއި، ކުރީގެ ވަޒީރުންނާއި މިހާރުގެ ވަޒީރުން އަދި ބައެއް ފަނޑިޔާރުންނަށް ލިބިފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ. ނަމަވެސް މިމައްސަލައިގައި ސަރުކާރުން މިހާތަނަށް ދައުވާކޮށް، އަދަބު ދީފައިވަނީ ރައީސް ޔާމީނާއި، އަހުމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި ޢަބްދުﷲ ޒިޔަތަށް އެކަންޏެވެ.

މީގެތެރެއިން ވެސް ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން މިހާރު ގެންދަވަނީ ހަމައެކަނި ރައީސް ޔާ،މީނެވެ. އެހެން މީހުން ތިބީ ގޭބަންދުގައެވެ.

އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ދުވަސްދުވަސްކޮޅުން މަޖިލީހުގެ ތަޅުމުގައި ވަރަށް އަޑުހަރުކޮށް އެވާހަކަ ދައްކަވައެވެ. އެއާއެކު މަޖިލީހުގެ ކަމާބެހޭ ކޮމިޓީއާއި އޭސީސީއާއި ރައީސް އުފައްދަވާފައި އޮންނަ ޚިޔާނާތުގެ ފައިސާ ހޯދާ ކޮމިޝަނާއި މިސަރުކާރުގެ ޕީޖީގެ މަސައްކަތްތައް ވަރަށް ހަލުއި ކުރަށްވައި ހަމަ ވަރަށް ބާރަށް ވަގުތުން ޝަރީއަތްތައް ފަށާން އުޅޭ ކަމަށް މަންޒަރު ދައްކާލައެވެ. އެކަމަކު ސައްވީށް ގަޑިއިރުގެ ތެރޭގައި އެވާހަކަތައް މަޑުޖެހި އަލުން ކުރިން އޮތް ހާލަތަށް ރުޖޫޢަވެ ދަނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން