ފަޤީރުންނާއި މިސްކީނުންނަށް އަމިއްލަ ވިޔަފާރިއެއް ފެށުމަށް އެހީތެރިވެދޭ ޕްރޮގްރާމެއް ތަރައްޤީ ކުރުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ވޯލްޑް ޒަކާތް ފޯރަމް އިންޓަނޭޝަނަލް ކޮންފަރެންސް އެންޑް އެނުއަލް މީޓިން 2020 ގައި ތަޤްރީރުކުރައްވަމުން މިނިސްޓަރ ޒާހިރު ވިދާޅުވީ މިޕްރޮގްރާމްގެ ދަށުން މިފަދަ ވިޔަފާރިއަކަށް ބޭނުންވާނެ ހުނަރާއި ތަމްރީނު ފޯރުވައިދޭނެކަމަށެވެ. އަދި ޒަކާތުގެ ގޮތުގައި އެފަދަ މީހުންނަށް ލިބިފައިވާ ފައިސާއިން ވިޔަފާރިއެއް ހިންގާނެ ގޮތުގެ މަޢުލޫމާތު ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިޕްރޮގްރާމްގެ ސަބަބުން ފުދުންތެރިކަން އިތުރުވެ، ޒަކާތް ހައްގުވާ މީހުންގެ އަަދަދު ދަށްވެގެން ދާނެކަމަށެވެ.

މިވަގުތު ރާއްޖޭގައި ފަޤީރުންގެ ގޮތުގައި 8764 މީހުން އެބަތިއްބެވެ. އޭގެތެރޭގައި ހިމެނެނީ މާލޭގެ ދަފްތަރުގައި ހިމެނޭ 1717 މީހަކާއި އަތޮޅުތަކުން 7047 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ވޯޯލްޑް ޒަކާތު ފޯރަމަކީ ޒަކާތާއި ގުޅޭ ގޮތުން މީހުން ހޭލުންތެރިކޮށް ޒަކާތާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި އެއްފުރާޅެއްގެ ދަށުގައި މަޝްވަރާކުރުމަށް ކުރިއަށްގެންދާ އަދި ޒަކާތުގެ ކަންކަން ކުރިއަރުވައި ޒަކާތުގެ ނިޒާމު ހަރުދަނާ އުސޫލެއްގެ ދަށުން ހިންގުމަށް މަގުފަހިކުރުމަށް މަސައްކަތްކުރާ ފޯރަމެކެވެ.

ޒޫމް މެދުވެރިކޮށް މިމަހުގެ އެކަކުން ދޭކަށް ބޭއްވި މިފޯރަމްގައި 40 ގައުމަކުން ބައިވެރިވިއެވެ. އަދި ޒަކާތާއި ބެހޭ ފަންނީ މާހިރުންނާއި ޢިލްމީ މާހިރުންނާއި، އެންޖީއޯ ތަކުންނާއި އެކި ގައުމުތަކުގެ ސަރުކާރު ތަކުގެ އެޖެންސީތަކުންވެސް މިފޯރަމްގައި ބައިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ކިނބޫ

05-Dec-2020

ފަޤީރުންނާ މިސްކީނުންނަށް މަލާމާތް ކުރަން ކަލޭ ތީ ކާކު?



ޓްރެންޑިން