24 ކިލޯގެ މަސްތުވާ އެއްޗެހި ރާއްޖެ އެތެރެކޮށްގެން 2017 ވަނަ އަހަރު ޖަލަށް ހުކުމް ކުރި މީހަކު ދޫކޮށްލީ ކަޑައެޅިގެން ޤާނޫނާ ޚިލާފަށްކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ ޑްރަގްސް އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ސޮފްވަތު ދޫކޮށްލުމާއި ގުޅިގެނެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން މިކަމާއި ގުޅިގެން މިހާތަނަށް ވާހަކަދައްކާފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން އުމަރު ނަސީރު އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވަނީ މި ޤައުމު މަސްތުވާ އެއްޗެހިން ސަލާމަތް ކުރުމަށް ޓަކައި ޕާޓީތައް ދޫކޮށްލާފަޢި އޭނާއާއެކު ކުރިއަށްދާންޖެހޭކަމަށެވެ. އަދި އިޚުލާސްތެރިކަމާ، ހަރުދަނާ ކަމާ، ޖެހިލުން ކުޑަކަމާއެކު މަސައްކަތްކޮށް، އިރާދަކުރެއްވިއްޔާ މަސްތުވާ ތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކޮށްދޭނެކަމަށް އުމަރު ވިދާޅުވިއެވެ.

"24 ކިލޯގެ މަސްތުވާ ތަކެތި ރާއްޖެ އެތެރެކޮށްގެން 2017 ވަނަ އަހަރު ޖަލަށް ހުކުމް ކުރި މީހަކު މި ދޫކޮށްލީ ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް. މި ޤައުމު މަސްތުވާ ތަކެތިން ސަލާމަތް ކުރުމަށް ޓަކައި ޕާޓީތައް ދޫކޮށްލައްވާފަ، އަޅުގަނޑާ އެކު ހިންގަވާ. އިޚުލާސްތެރިކަމާ، ހަރުދަނާ ކަމާ، ޖެހިލުން ކުޑަކަމާއެކު މަސައްކަތްކޮށް، އިރާދަކުރެއްވިއްޔާ މަސްތުވާ ތަކެތީގެ ވަބާއިން މި ރާއްޖެ ސަލާމަތްކޮށްދޭނަން. މިއީ ނުގުޑާނެ ވަޢުދު." އުމަރު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 25 އަހަރަށް ޖަލަށް ލާން ހުކުމްކުރި މީހާ ދޫކޮށްލާފައިވަނީ މިދިޔަ ޖުލައި 29 ގައެވެ.

ސޮފްވަތުގެ އިތުރުން އެ މައްސަލައިގައި 25 އަހަރަށް ޖަލަށް ލާން ހުކުމް ކުރި އިތުރު މީހަކުވެސް ދޫކޮށްލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މިހާރުގެ ހޯމް މިނިސްޓަރުގެ ވިދާޅުވަނީ މިސަރުކާރަށް ވުރެ ބޮޑަށް މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ސަރުކާރެއް ނާންނަ ކަމަށެވެ. ފުލުހުން މަސްތުވާ ތަކެއްޗާ ދެކޮޅަށް ހިންގާ މަސައްކަތްތަކަށް ހޯމް މިނިސްޓަރު ގެންދަވަނީ ވަރަށް ބޮޑަށް ތަޢުރީފު ކުރަށްވަމުންނެވެ. މިހަފުތާގައިވެސް ފުލުހުން ވަނީ އެމީހުންނަށް ރާއްޖޭގެ އެންމެ ބޮޑެތި ނޫސްތައް ކަމަށް ގަބޫލުކުރެވޭ ނޫސްތަކުގެ ނޫސްވެރިންނާއެކު މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކަމަށް ބުނާ ހަރަކާތެއް ހިންގާ އެމީހުންނަށް މަންޒަރުތަކެއް ދައްކާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން