ކޯޓުން ހުކުމްކޮށްފައި ތިބި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ދައުލަތުން ދޫކޮށްލަނީ ކޮން ފަދަ މަޖުބޫރެއް މެދުވެރިވެގެންތޯ ވިދާޅުވެ އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސުވާލު އުފައްދަވައިފިއެވެ.
ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ކަނޑު މަގުން ދިވެހިރާއްޖެއަށް އެތެރެކުރި މައްސަލައެއްގައި ކުރިމިނަލް ކޯޓުން އުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ޢަބްދުﷲ ޞަފްވަތު ދާދިފަހުން ދޫކޮށްލާފައިވާ ކަމަށް ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މި މައްސަލައާ ގުޅިގެން ކުރިން ކުރެއްވި ޓުވީޓެއްގައި ޑރ.ޝަހީމު ވަނީ ނޫސްވެރިން އެއްކުރައްވައިގެން ރާ ފުޅިތައް ތަޅައިލުމަށްފަހު، މަސްތުވާތަކެތި ވިއްކައިގެން އުމުރު ދުވަހަށް ޖަލަށް ލާފައި ހުރި މީހަކު ދޫކޮށްލުމުން އެކަމުގެ ނަތީޖާއަކަށްވާނީ ކޮންކަމެއްތޯ ސުވާލު އުފައްދަވާފައެވެ.
"ހުކުމް ކޮށްފައި ތިބި ޑްރަގް ޑީލަރުން ގާނޫނާއި ޚިލާފަށް ދޫކުރަނީ ކޮން މަޖުބޫރީއެއް އޮވެގެން، ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެ." ކަރެކްޝަން ސާވިސް ޓެގް ކުރައްވައި ޑރ. ޝަހީމް ވިދާޅުވިއެވެ.
އެމައްސަލައާ ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުން މަޖިލިހުގެ މާފަންނު މެދު ދާއިރާ މެންބަރު އިބްރާހީމް ރަޝީދުވަނީ ކޯލިޝަނަށް ތުހުމަތުގެ އިނގިލި ދިއްކުރަށްވައި ފާޑުވިދާޅުވެފައެވެ.
ސަރުކާރުގެ ޢަމަލުތައް ހުރީ އެމްޑީޕީގެ ފިކުރާއި އެއްގޮތަށް ނޫން ކަމަށާއި، މިއީ އެމްޑީޕީގެ ފިކުރުނެތް "ވަޅޯ ކޯލިޝަނެއް" ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ވިދާޅުވެފައެވެ.
2014 ވަނަ އަހަރު އީރާނުގެ ބޯޓެއްގައި ގެނައި ޑިންގީއެއްގެ ތެރޭގައި ފޮރުވައިގެން އެތެރެ ކުރި އެ މަސްތުވާތަކެތީގެ މައްސަލާގައި 18 މީހަކު ހައްޔަރު ކުރި ނަމަވެސް ހެކި ނެތުމުގެ ސަބަބުން، އިސްމާއިލް އާއި ސޮފްވަތު ފިޔަވައި ބާކީ ތިބި އެންމެންނަށް ދައުވާ ނުކޮށް ވަނީ ދޫކޮށްލައިފަ އެވެ.
މިމައްސަލައިގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ 24 ކިލޯގެ މަސްތުވާ ތަކެތި ރާއްޖެ އެތެރެކޮށްގެން 2017 ވަނަ އަހަރު ޖަލަށް ހުކުމް ކުރި މީހަކު މިސަރުކާރުން ދޫކޮށްލީ ކަޑައެޅިގެން ޤާނޫނާ ޚިލާފަށްކަމަށެވެ. މިމައްސަލައިގައި ވަރަށް ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
މިކަމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އެއްވެސް ފަރާތަކުން އަދި ބަހެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު