ޕްރޮފެސަރ އުގައިލް.
ޕްރޮފެސަރ އުގައިލް.
ކޮވިޑުގެ ބަލިމަޑުކަން ފެތުރުމާއެކީ ފޭޝަލް ރިކޮގްނިޝަން ނުވަތަ މޫނުން މީހާ ދެނެގަތުމުގެ ޓެކްނޮލޮޖީ ތަރައްގީ ކުރަންޖެހިފައިވާ ކަމަށް ޕްރޮފެސަރ އުގައިލް ވިދާޅުވެއްޖެއެވެ.

ޕްރޮފެސަރ އުގައިލް ބީބީސީއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަން ފެތުރުމާއެކީ މާސްކް އަޅަންޖެހުމުން ފޯނު އަންލޮކް ކުރުމަށް ބޭނުންކުރާ ފޭޝަލް ރިކޮގްނިޝަން މަސައްކަތް ކުރުމަށް ދަތިތަކެއް ކުރިމަތިވާކަމަށެވެ. މިގޮތުން ކޮވިޑުގެ ބަލިމަޑުކަމާއެކީ ފޭޝަލް ރިކޮގްނިޝަންއަށް އިތުރު ޓެކްނޮލޮޖީ ބޭނުންވާކަމަށްވެސް ޕްރޮފެސަރ އުގައިލް ވިދާޅުވެފައިވެއެވެ.

"އައިފޯން އަންލޮކް ކުރުމަށްް ބޭނުންކުރާ ފޭޝަލް ރިކޮގްނިޝަން ބޭނުން ކުރުމަށް ކޮންމެ ފަހަރަކު މިޖެހެނީ މާސްކް ތިރިކޮށްލަން، މިއަށްވުރެ ފަސޭހަވާނެ ލޮލުގެ ރިކޮގްނިޝަން ބޭނުން ކޮށްގެން ފޯން އަންލޮކް ކުރެވޭގޮތް ވެއްޖެނަމަ." ޕްރޮފެސަރ އުގައިލް ވިދާޅުވިއެވެ.

ޕްރޮފެސަރ އުގައިލް މިހެން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރު އުގައިލް އާއި އުގައިލްގެ ޕީއެޗްޑީ ދަރިވަރަކު ކޮށްފައިވާ ދިރާސާ ރިޕޯޓުން ފޭޝަލް ރިކޮގްނިޝަން އަކަށް މޫނުގެ އެއްބައި އެކަނި ބޭނުން ކުރެވޭނެކަމަށް ހާމަކޮށްފައިވެއެވެ. މިދިރާސާގައި ވާގޮތުން ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީގައި މުޅި މޫނު ބޭނުން ނުކުރިޔަސް ކާކުކަން ދެނެގަނެވޭނެ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން، މާސްކާހެދި މީހުން ދެނެގަން ސިސްޓަމް ތަކަށް ވެސް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. މިމައްސަލަ ފުރަތަމަ ފާހަގަކޮށްފައި ވަނީ މިދިޔަ ޖުލައި މަހު އެމެރިކާގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް ސްޓެންޑަރޑްސް އެންޑް ޓެކްނޮލޮޖީއިން ނެރެފައިވާ ރިޕޯޓެއްގައެވެ. މި ރިޕޯޓުގައި ވާގޮތުން އެފަދަ 89 ސިސްޓަމަކުން މޫނުމަތިން މީހާ ދެނެގަތުމަށް (ފޭޝަލް ރިކޮގްނައިޒް ކުރުމަށް) މައްސަލަތައް ކުރިމަތިވެފައި ވެއެވެ.

މިއާއެކު މީހުންގެ މޫނުން މީހާ ދެނެގަތުމަށް އެކި ފަރާތްތަކަށް ބޭނުންވާ ޓެކްނޮލޮޖީ އަދާހަމަކޮށް މާސްކް އެޅުމުންވެސް މީހާގެ މޫނުމަތިން މީހާ ދެނެގަނެވޭނެ އައު ހޯދުންތަކެއްގެ މަސައްކަތް ކުރެވެމުންދެއެވެ.

"މާސްކާއެކުވެސް މީހުންގެ މޫނުމަތިން މީހާ ދެނެގަނެވޭނެ އަލްގޮރިތަމްތަކެއް އީޖާދު ކުރުމަށް އެފަންނުގެ މާހިރުން ދަނީ މަސައްކަތްކުރަމުން." މޫނުމަތިން މީހާ ދެނެގަތުމަށް ބޭނުންވާ އައުއީޖާދު އަދާހަމަ ކުރަމުންދާ ނެޝަނަލް އިންސްޓްޓިއުޓް އޮފް ސްޓެންޑަރޑްސް އެންޑް ޓެކްނޮލޮޖީގެ ސައިންސްވެރިޔަކު ބުނެފައިވެއެވެ.

މިގޮތުން މި ދިރާސާތަކުގައި އެކިވައްތަރުގެ މާސްކު އަޅައިގެން ތިބޭ މީހުންގެ މޫނުމަތި ފާހަގަކުރެވޭ އަލްގޮރިތަމްތަކެއް އެކުލަވާލުމަށް މަސައްކަތް ކުރެވުނު ކަމަށްވެސް ނެޝަނަލް އިންސްޓްޓިއުޓް އޮފް ސްޓެންޑަރޑްސް އެންޑް ޓެކްނޮލޮޖީގެ ސައިންސްވެރިން ހާމަކޮށްފައިވެއެވެ.

މިދިރާސާތައް ކާމިޔާބުވެއްޖެނަމަ މޫނުމަތިން މީހާ ދެނެގަނެގެން ހޯދާ ހިދުމަތްތައް އިތުރުވެގެންދާނެ ކަމަށްވެއެވެ. މީގެ އިތުރުން މިދިރާސާތައް ކާމިޔާބުވެއްޖެނަމަ މޫނުމަތި ފާހަގަކޮށްގެން އެކި ހިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމާއި ސާފުތާހިރުކަން އިތުރުވާނޭކަމަށް ވެސް ކަމާގުޅޭ މާހިރުން ފާހަގަކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން