އއ. މާގަ ހެދުމުގެ މަސައްކަތަށް ނަގާފައިވާ ލޯނެއް ނުދައްކައިގެން، އެ ރަށް ވިއްކާލަން ޙަބީބް ބޭންކުން އިއުލާންކޮށްފި އެވެ.
ލީސް މުއްދަތުގައި އަދި ބާކީ 44 އަހަރު އޮތްއިރު އެރަށުގެ މިހާރުގެ ލީސް މުއްދަތު ހަމަވާނީ 2064 ވަނަ އަހަރު އެވެ. މި ރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްފައި ވަނީ، އެއްލައިދޫ މަނިކަށެވެ.
ހަބީބް ބޭންކުން ކޮށްފައިވާ އިއުލާނެއްގައިވަނީ، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދީފައިވާ ޖުމްލަ 2.8 ހެކްޓަރުގެ އއ. މާގަ ވިއްކާލުމުގެ ނީލަން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި، ނީލަން ހުޅުވުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ. މި ރަށުގެ ނީލަން ފެށޭ އަގަކީ 4.25 މިލިއަން ޑޮލަރެވެ.
ނީލަން ހުށަހަޅާއިރު އަނބުރާ ނުލިބޭ ގޮތަށް 5000 ޑޮލަރުގެ ޑިޕޮސިޓެއް ދައްކަންޖެހޭއިރު، ނީލަން ކާމިޔާބުކުރާ ފަރާތަކުން ހުށަހަޅާ އަގުގެ 10 އިންސައްތަ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ކުރިން އަދި ބާކީބައި ފެބްރުއަރީ 3 ގެ ކުރިން ދައްކައި ހަލާސްކުރަންޖެހޭނެ ކަމަށް ވެސް އިއުލާންގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު