ދައުވާގެ މަރުހަލާގެ ތެރޭގައި ބޭނުން ނުކުރާ ހެކި ހާމަކުރަން އެދޭނީ ނާޤާބިލު ދިފާޢީ ވަކީލުން ކަމަށް ވިދާޅުވެ ކޯޓުން ބޭރުގައި ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ރައީސް ޔާމީންގެ ވަކީލުންނަށް ނުސީދާ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖިނާއީ ޝަރީޢަތްތަކުގައި ލިޔުންތަކާއި ހެކި ހާމަކުރަންޖެހެނީ އެއީ ތަހުގީގުގެ ތެރޭގައި ހޯދިފައިވާ ހެއްކަށް ވެފައި އެއީ ދައުވާގެ މަރުހަލާގެ ތެރޭގައި ބޭނުންކުރާ އެއްޗަކަށް ވާނަމަ ކަމަށެވެ. އަދި ދިފާޢުން އެދޭހާ އެއްޗަކީ ހާމަކުރަން ޖެހޭ އެއްޗެއް ނޫން ކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ޕީޖީ ޝަމީމްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، ދިފާޢީ ވަކީލުން ސިސްޓަމަށް އަހުލުވެރިވާން ޖެހޭ ކަމަށާއި، ދިފާޢުވުމަށް އެނޫން ހެކި ހާމަކުރަން އެދުމަކީ ނާޤާބިލު ދިފާޢީ ވަކީލުން ވަރަށް ގިނައިން ހަދާ ގޯހެއް ކަމަށެވެ.
ޕީޖީ ޝަމީމް މި މޭރުމުން ޓްވީޓް ކުރަށްވާފައި ވާއިރު، ރ. ފުއްގިރި މައްސަލާގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި މިއަދު ބުނެފައިވަނީ، އެއާ ނުލައި ދިފާއު ބިނާ ނުކުރެވޭވަރުގެ މުހިއްމު ލިއުންތަކެއް، ރައީސް ޔާމީންގެ ވަކީލުންނަށް ލިބިފައި ނުވާ ކަމަށާއި އެ ލިޔުންތައް ނުދީ ދައުލަތުން ހިފަހައްޓާފައިވާކަމަށެވެ.
އަދި މައްސަލައާ ގުޅޭ ބައެއް ލިޔުންތައް ހޯދުމަށް ޕީޖީ އޮފީހުގައި އެދުމުންވެސް އެލިޔުންތައް ދީފައި ނުވާކަމަށާއި، ދިފާއުވުމަށް މުހިއްމުވާ ލިޔުންތައް ނިންމާނީ ދައުލަތުން ނޫންކަމަށް ރައީސް ޔާމީންގެ ވަކީލުން ވަނީ ވިދާޅުވެފައެވެ. އަދި ދައުވާއާ ގުޅޭ ހުރިހާ ލިޔުމެއް ލިބިގެން މެނުވީ، ދައުވާތަކަށް ޖަވާބުދާރީވެވެން ނެތް ކަމަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.

In criminal trials, disclosure of material (as per CROC) only means disclosing information collected DURING investigation and USED in the proceedings. Not ALL what defense desires. A common mistake made by novice defense lawyers.🤷🏼♂️#knowthesystem
— Hussain Shameem (@HuShameem) December 6, 2020
ޕީޖީ ޝަމީމް މި މޭރުމުން ޓްވީޓް ކުރަށްވާފައި ވާއިރު، ރ. ފުއްގިރި މައްސަލާގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި މިއަދު ބުނެފައިވަނީ، އެއާ ނުލައި ދިފާއު ބިނާ ނުކުރެވޭވަރުގެ މުހިއްމު ލިއުންތަކެއް، ރައީސް ޔާމީންގެ ވަކީލުންނަށް ލިބިފައި ނުވާ ކަމަށާއި އެ ލިޔުންތައް ނުދީ ދައުލަތުން ހިފަހައްޓާފައިވާކަމަށެވެ.
އަދި މައްސަލައާ ގުޅޭ ބައެއް ލިޔުންތައް ހޯދުމަށް ޕީޖީ އޮފީހުގައި އެދުމުންވެސް އެލިޔުންތައް ދީފައި ނުވާކަމަށާއި، ދިފާއުވުމަށް މުހިއްމުވާ ލިޔުންތައް ނިންމާނީ ދައުލަތުން ނޫންކަމަށް ރައީސް ޔާމީންގެ ވަކީލުން ވަނީ ވިދާޅުވެފައެވެ. އަދި ދައުވާއާ ގުޅޭ ހުރިހާ ލިޔުމެއް ލިބިގެން މެނުވީ، ދައުވާތަކަށް ޖަވާބުދާރީވެވެން ނެތް ކަމަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު