މަސް މާރުކޭޓަށް މަގުމަތީ ދަމާފައި ގެންދިޔަ މަހެއް ވައްދަނީ
މަސް މާރުކޭޓަށް މަގުމަތީ ދަމާފައި ގެންދިޔަ މަހެއް ވައްދަނީ
ދޯނިން ބާލައިގެން މަގުމަތީގައި ދަމާފައި ގެންދާ މަސް، މާލޭ މަސް މާރުކެޓުގައި ވިއްކާތީ އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މިކަމާ ގުޅިގެން މީހަކު ކުރި ފޭސްބުކް ޕޯސްޓެއްގައި އެގޮތަށް މަގުމަތީގައި ދަމާފައި ގެންދާ މަސް ގަނެގެން ގޮސް ގޭގައި ކައްކައިގެން ކާން ކެރޭނެތޯ ސުވާލުކޮށްފައި ވެއެވެ. އަދި މާރުކޭޓުން ގަންނަ މަސް ހޮޓާ ރެސްޓައުރެންޓްތަކުގައި ވެސް ބޭނުންކުރާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

އެހެން މީހަކު ބުނީ، މީހުން ހޮޑުލައި، ރަތް ކުޅު ޖަހައި ނުތާހިރުކޮށް އޮންނަ ހިރަފުސް މަގުމަތީގައި ދަމާފައި ގެންގޮސް މާރުކޭޓުގައި މަސް ވިއްކުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މާލޭގެ މަގުތަކުގައި ޕެޓްރޯލް ފަދަ އެއްޗެހި އެޅިފައި ހުންނަކަން ވެސް އޭނާ ފާހަގަކުރިއެވެ.

ފާއިތުވި، ދެ ދުވަހެއްގެ ތެރޭގައި އެފަދަ އެތައް ބަޔަކު ވަނީ މީސްމީޑިއާގައި މި ޝަކުވާކޮށްފައެވެ.

ނަމަވެސް، ކަމާ ބެހޭ އެއްވެސް އިދާރާއަކުން މިކަމާ ގުޅިގެން ފިޔަވަޅެއް އަޅާފައެއް އަދި މިކަން އިސްލާހު ކުރަން މަސައްކަތް ކޮށްފައެއް ވެސް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން