ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ ޑރ އަޙްމަދު ފައިސަލް
ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ ޑރ އަޙްމަދު ފައިސަލް
މުޅި ދުނިޔޭގެ އާބާދީއަށް ވާވަރަށް ވެކްސިން ފޯރުކޮށްދޭން އަދި 2 އަހަރު ނަގާނެ ކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ ޑރ އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ޑރ. ފައިސަލް ވަނީ ކޯވިޑްގެ ޚާއްސަ ވެކްސިން އުފައްދަމުން އަންނަ ފައިޒާ އިން އުފެއްދި ވެކްސިން ބަހައްޓާނެ ގޮތެއް މި ސަރަހައްދުގެ އެއްވެސް ގައުމެއްގައި ނެތް ކަމަށްވެސް ވިދާޅުވެފައެވެ. އެފަހަރު ތަފްސީލް ތަކާއެކު ޑރ ފައިސަލް ވިދާޅުވީ، ފައިޒާގެ ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 70ޑިގްރީ ފިނިހޫނުމިނުގައި ކަމަށާއި އެ ވެކްސިން ބަހައްޓާނެ ގޮތެއް މި ސަރަހައްދުގެ އެއްވެސް ގައުމެއްގައި ނެތް ކަމަށެވެ.

ވެކްސިނާ ގުޅޭ ގޮތުން ޑރ. ފައިސަލް މިއަދު ވިދާޅުވީ، މިހާރުވެސް ބައެއް ފުލައިޓު ތަކުން ވެކްސިން ޖަހައިގެން ނޫނީ ފްލައިޓްތަކަށް ފަސިންޖަރުން ނޭރުވުމަށް ވިސްނަމުންދާ ކަމަށެވެ. ނަމަވެސް އެދެވޭ މިންވަރަށް މުޅި ދުނިޔެއަށް ވާވަރަށް ވެކްސިން ފޯރުކޮށްދޭން އަދި 2 އަހަރު ނަގާނެ ކަމަށް ޑރ ފައިސަލް ވިދާޅުވިއެވެ.

ރާއްޖެއިންވެސް ދަނީ ކޯވިޑް-19 ގެ ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިލޭ ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ.

ޑރ ފައިސަލް ވިދާޅުވީ ކޮވިޑާ ގުޅިގެން އުފައްދަމުންދާ ވެކްސިންތަކުން މިވަގުތަށް ރާއްޖޭގައި ބެހެއްޓޭނީ މައިނަސް 2އާއި 8 ޑިގްރީއާއި ދެމެދުގެ ފިނިހޫނު މިނުގައި ބެހެއްޓޭ އޮކްސްފޯޑް ނުވަތަ ރަޝިޔާގެވެކްސިން ކަމަށެވެ. އަދި މައިނަސް 20 ޑިގްރީގައި ބެހެއްޓޭ މޮޑާނާ ވެކްސިން ކޮންމެސް ވަރަކަށް ބެހެއްޓިދާނެ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

މުޅި ދުނިޔެ އިނދަޖައްސާލި ކޯވިޑް-19 އިން ސަލާމަތްވުމަށް އުފައްދަމުން އަންނަ ވެކްސިންތަކުގެ ތެރެއިން 10 ވެކްސިނެއް އަންނަ އަހަރުގެ މެދުތެރޭގައި ލިބޭވަރުވާނެ ކަމަށް ދުނިޔޭގެ ފަރމަސޫޓިކަލް އިންޑަސްޓްރީ ގްރޫޕުން ވަނީ ބުނެފައެވެ. މިހާރު އުފައްދަމުން އަންނަ ވެކްސިންތަކުގެ ތެރެއިން ފައިޒާ އަދި ބައޯއެންޓެކްގެ އިތުރުން މޮޑާނާ އާއި އެސްޓްރަޒެނިކާ އިން އުފައްދަމުން އަންނަ ވެކްސިންތަކަކީ ކާމިޔާބު ވެކްސިންތަކެއްކަމަށް އެވެކްސިންތަކުގެ ޑާޓާތަކުން ވަނީ ދައްކާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން