ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ކުރެވުނު ހުރިހާ ދައުވާތަކަކަށް އަމިއްލައަށް އިއުތިރާފުވެ ވަޑައިގެންފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާލެއިން ހުޅުމާލެއަށް ދިރިއުޅުއްވުން ބަދަލު ކުރައްވައިފިއެވެ.

ދައުލަތުން އުފުލި ހަތް ދައުވާ ސާބިތުވެއްޖެކަމަށް ޝަރީއަތުން ކަނޑައަޅައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ގޭބަންދަށް ބަދަލުކުރެއްވީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކަމަށް ބުނެ ކަރެކްޝަންސްއިން އިންނެވެ.

ކަރެކްޝަނަލް ސާވިސް އިން ވެސް ވަނީ މާލޭގައި ދިރިއުޅުއްވަމުން ގެންދެވި އަދީބު ހުޅުމާލޭގެ އަމީން އެވެނިއުގެ ފްލެޓަކަށް ބަދަލުވެވަޑައިގެންފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ކުރިއެކޭ އެއް ގޮތަށް އަދީބު ދިރިއުޅުއްވާ ތަނުގެ ސެކިއުރިޓީ ކަރެކްޝަންސުން ގެންދަނީ ބަލަހައްޓަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން