ނައިފަރު ކަނބަލުން ބޭނި މަހާއެކު ދޯނީގައި
ނައިފަރު ކަނބަލުން ބޭނި މަހާއެކު ދޯނީގައި
މިއަދަކީ ރާއްޖޭގައި ފާހަގަކުރާ 39 ވަނަ މަސްވެރިންގެ ދުވަހެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޅ. ނައިފަރުގެ ކަނބަލުންތަކެއް ނުކުމެ މި ވަނީ 8 ޓަނުގެ މަސް ބާނާފައެވެ.

މިކަމާ ގުޅިގެން "ޒުވާން މަސްވެރިޔާ" ކުރި ޓްވީޓެއް ބުނީ، މަސްވެރިންގެ ދުވަހު ނައިފަރުގެ ކަނބަލުން ނުކުމެ 8 ޓަނުގެ މަސް ބާނައިގެން ފެލިވަރަށް ލަފާފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް މި ދުވަސް ފާހަގަކުރަން އަންހެންވެރިން މަހަށް ނުކުމެ ފިރިހެންވެރިންނަށް ހިތްވަރުދެއެވެ.

މީގެ ކުރިން ބީއެމްއެލްގެ އަންހެން މުވައްޒަފުން ވެސް ވަނީ ކަނޑުމައްޗަށް ނުކުމެ މަސްވެރިކަމުގެ ތަޖުރިބާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން