ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު
ސޫތުކުޅިއާއި އައްޑޫ ސިޓީއާއި ދޭތެރޭ ފެށިގެން މިދިޔަ ޝެޑިއުލް ކާރގޯ ދަތުރުތަކުގެ ސަބަބުން އައްޑޫ ހިމެނޭހެން އެ ސަރަހައްދުގެ އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު ވިދާޅުވި، ފުރަތަމަ އައި ބޯޓުގައި އައްޑޫ ވިޔަފާރިވެރިންގެ މުދާ ހިމެނޭ ކަމަށެވެ. އަދި މިއީ އުއްމީދީ ރަނގަޅު ފެށުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އައި ފުރަތަމަ ކާގޯ ފެރީ އައްޑޫގެ ސައުތު އިންޓަރނޭޝަނަލް ޕޯޓްގައި ބަނދަރުކޮށްފައިވަނީ އިއްޔެ ހަވީރު 4:15 ގައެވެ. މިދިޔަ ހޯމަ ދުވަހު އިންޑިއާއިން ފުރައިގެން އައި "އެމްވީ ބޮންތި 2" ސައުތް އިންޓަރނޭޝަނަލް ޕޯޓަށް ވަނުމާއެކު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވަނީ ވޯޓަރ ސެލިއުޓެއް އަރުވާފައެވެ.

އިންޑިއާގެ ސޫތުކުޅިއާއި ރާއްޖެ އާއި ދެމެދު ދަތުރުތައް ފަށާފައި މިވަނީ ރާއްޖެ އަށް ނިސްބަތްވާ އެމްވީ ބޮންތި 2 އިންނެވެ. މިއީ ދިގުމިނުގައި 86 މީޓަރު ހުންނަ މުދާ އުފުލާ ބޯޓެކެވެ. މިބޯޓުގައި 2719 ޓަނުގެ މުދާ އުފުލޭނެއެވެ. މިކާގޯ ފެރީގައި، 2713.34 މެޓްރިކް ޓަނުގެ މުދާ ގެނެސްފައިވާކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނިން ވަނީ ބުނެފައެވެ. މި ބޯޓުން ގެނައިި މުދަލުގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ސާމާނާއި މޭވާ އާއި ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ.

އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް އައި ފުރަތަަމަ ކާގޯ ފެރީއަށް މަރުޙަބާކިޔުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރާއު މޯލްޑިވްސް ސްޓޭޓް ޝިޕިންގްގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ އަތޮޅުތަކަށް ބައިނަލްއަޤުވާމީ ކާގޯ ފެރީގެ ޚިދުމަތް، ފެށުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މިއަމާޒަށް ވާސިލުވުމަށްޓަކައި، އިންޑިއާގެ ކޮޗިން އާއި ހދ ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ފަށާފައެވެ. އަދި ރާއްޖޭގެ އެންމެ ދެކުނަށް ބައިނަލްއަޤުވާމީ ކާގޯ ފެރީގެ ޚިދުމަތް މިހާރު ފަށާފައިވާއިރު މިބޯޓުގެ މަންޒިލްތަކަކީ އައްޑޫ ސިޓީއާއި، ގދ. ގައްދޫ އެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ފައިރޫޒް

13-Dec-2020

އަޅުވެތިވުންނޫންކަމެއް ނުވާނެ. ވަކިބަޔަކު ވޮޔަފާރި ކޮންޓަރޯލްކުރަނަ ކުރާކަމެއް


1

ޙަސަންކަލޯ

13-Dec-2020

މިފެންނަނީ ނިޒާރުގެ މޮޅުކަމާ ކުޅަދާނަކަން. އައްޑޫ ރައްޔިތުންނަށްޓަކާ މޭޔަރުކަން ލިބުމުގެ ކުރިންވެސް ހާދަކަމެކޭ އެކޮށްދެނީ.



ޓްރެންޑިން