ޒިދާން މުޙައްމަދު   11 ޑިސެމްބަރު 2020 - 15:12
މަޝްހޫރު ޒުވާން މަސްވެރިޔާ
މަޝްހޫރު ޒުވާން މަސްވެރިޔާ
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ފޯނުން ވާހަކަދައްކާލުމުގެ ފުރުސަތު ލިބުމުން އުއްމީދުތައް އާވެއްޖެކަމަށް ގއ.ގެމަނަފުށީ ޒުވާން މަސްވެރިޔާ، ހަސަން ސާޖިން ބުނެފިއެވެ.

ސާޖިން ކުރި ޓްވީޓެއްގައި ބުނީ މަސްވެރިންގެ ދުވަހު އެންމެ ބޭނުން ވެގެން އުޅުނީ ހިތުގެ ޝުއޫރު ރައީސް ޞާލިހަށް ގުޅާފައި ހިއްސާކޮށްލަން ކަމަށެވެ.

"ރައީސް އަޅުގަނޑަށް ގުޅާފައި ވަރަށް ގިނައިރު ވަންދެން ވާހަކަ ދައްކަވައިފި. ވަރަށް އުފާވެއްޖެ. ވަރަށް އުއްމީދު އާވެއްޖެ." ސާޖިންގެ ޓްވީޓްގައި ބުނެފައި ވެއެވެ.

ސާޖިން ކުރި ޓްވީޓެއްގައި ރައީސް ޞާލިހް ޓެގް ކުރުމަށް ފަހު ބުނެފައި ވަނީ މަސްވެރިކަން ޕްރޮމޯޓްކުރަން ކެމެރާ ނަގައިގެން އޭނާ އުޅޭތާ މިހާރު 6 އަހަރުވެއްޖެކަމަށެވެ. މަސްވެރިންގެ ދުވަހު އޭނާގެ އެންމެ ބޮޑު އެދުމަކީ ރައީސް ޞާލިޙަށް ގުޅާލާހިތުގެ ޝޫއޫރު ފާޅުކޮށްލުންކަމަށް ޓްވީޓްގައި ބުނެފައި ވެއެވެ.

ސާޖިންގެ ވީޑިއޯތައް އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުން ބަލަމުންނެވެ. ދާދިފަހުން އެމެރިކާގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ، އެމް.ޓީ.ޑީ ޓެލެވިޜަނުން ވެސް ވަނީ ސާޖިންގެ ވީޑިއޯއެއް އެމީހުންގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޖާދު

13-Dec-2020

މީނައަށް ރައީސް ގުޅުމަކުން މަސްވެރިންނަށް ކޮންކަމެއް ވަނީ



ޓްރެންޑިން