ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް-19 ގައި އުމުރުން 69 އަހަރުގެ ދިވެއްސެއް މިއަދު ނިޔާވެއްޖެއެވެ.

އޭނާ ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. މިއީ މި ބަލީގައި ދިވެހިރާއްޖޭގައި ނިޔާވި 48 ވަނަ މީހާއެވެ.

ރާއްޖެ އިން މިހާތަނަށް 13,308 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، ބަލިން ރަނގަޅުވެފައި ވަނީ 12,621 މީހުންނެވެ. މި ބަލީގައި މިވަގުތު 633 މީހުންނަށް ފަރުވާ ދެމުން އަންނަ އިރު، ހޮސްޕިޓަލްތަކާއި ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން 66 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 66 މީހުންނަށެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ، 40 ދިވެހިންނާއި 08 ބިދޭސީންނެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ޢުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން