އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތާއި ގުޅިގެން މިހާތަނަށް ދަޢުވާކޮށް ހުކުމް އިއްވާފައިވާ ތިން މީހުންގެ ތެރޭގައި ހިމެނޭ އަބްދުﷲ ޒިޔަތު ޖަލަށް ބަދަލުކުރީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން ފިޔަވައި ހުކުމް ކޮށްފައި ތިބި ޒިޔަތާއި ކުރީގެ ނަބުރައީސް އަހުމަދު އަދީބު ގޭގައި ތިބޭތާ އެތައް ދުވަހެއް ފަހުން ޒިޔަތު ޖަލަށް ގެންގޮސްފައިވާތީ އެކަމަށްއިޝާރާތް ކުރަށްވައެވެ.

"ޒިޔަތު ޖަލަށް ބަދަލުކުރީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވުމަށް. ދަށު ކޯޓުގައި ހިންގާ ޝަރީއަތުގައި ރައީސް ޔާމީން އާއި ދެކޮޅަށް ޒިޔަތު ހެކިބަސް ދީ ނިމުމުން ގެއަށް ބަދަލުކުރާނެ. މިއީ މިއަދު އިންސާފު އޮތް ގޮތް! ޒިޔަތު އިނީ އުލު ބައިންދާފައި. ހެކިބަސް ނުދީފިނަމަ އޮތީ ޖަލު. ދީފިނަމަ ގެ." ޝުޖާޢު ވިދާޅުވެފައިވެއެވެ.

މިހާރުވެސް ޒިޔަތުގެ މައްޗަށް 8 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ޒިޔަތުގެ މައްޗަށް 32 ދަޢުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. މި ހުރިހާ ދައުވާއަކަށް ޒިޔަތު ވަނީ ޢިއުތިރާފުވެފައެވެ. ޒިޔަތުގެ އިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން ފިޔަވައި ދެން ހުކުމެއް އައިސް ހުކުމް ތަންފީޒު ކުރަމުން ދަނީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބެވެ.

ޒިޔަތާއި އަދީބުވަނީ ދައުލަތާއެކު އިޢުތުރާފު އެއްބަސްވުމެއް ހަދައިގެން ދައުވާކުރާ ކުށްތަކަށް އިޢުތިރާފްވެ ހުކުމް ލުއިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން