ކޮވިޑް-19ގެ ވެކްސިން ޓެސްޓް ކުރުމުގެ ތެރެއިން
ކޮވިޑް-19ގެ ވެކްސިން ޓެސްޓް ކުރުމުގެ ތެރެއިން
ކޮވިޑް-19އިގެ ވެކްސިން ޖެހި ނަމަވެސް، ގައިދުރުކަން ބަހައްޓައި، އަތްދޮވެ މާސްކް އަޅަންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކުރި އިރުޝާދެއްގައި ބުނެފައިވަނީ ހަމައެކަނި ވެކްސިން ޖެހުމުން ނުފުދޭ ކަމަށެވެ.

"ހަދާން ކުރަންވާނެ ކަމަކީ ވެކްސިން ލިބުމުން، ހަމައެކަނި ވެކްސިން ޖެހުމުން ނުފުދޭކަން، އަދިވެސް މާސްކް އެޅުން، އަތް ދޮވުން، 3 ފޫޓު ދުރުމިން ބެހެއްޓުން ވަރަށް މުހިއްމު. ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުން، ވަރަށް މުހިއްމު." އެޗްޕީއޭގެ އިރުޝާދުގައި ބުނެފައި ވެއެވެ.

އެޗްޕީއޭއިން މި ގޮތަށް އިރުޝާދު ދިނުމުން އާންމުންގެ ފާޑުކިޔުން އެ އެޖެންސީއަށް ވަނީ އަމާޒުވެފައެވެ.

ވެކްސިން ޖަހަނީ އެ ގޮތްގޮތް ބޭނުން ނުވާތީ ކަމަށާއި އެޗްޕީއޭއިން ވެކްސިނަށް އިތުބާރު ނުކުރަނީތޯ އާންމުން ވަނީ ސުވާލު އުފައްދާފައެވެ. އަދި މި އިރުޝާދާ ގުޅިގެން ބައެއް މީހުން ވަނީ ބޭކާރު ޚަރަދު ކުރަން ވެކްސިންނުޖަހާނެ ކަމަށް ވެސް ބުނެފައެވެ.

އަންނަ އަހަރުގެ ކުރީކޮޅު ރާއްޖޭގައި ވެކްސިން ދޭން ފަށާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން